ހެރީ ކޭން އަދި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް - ފޮޓޯ: ސްކައި ސްޕޯޓްސް

ނޭޝަންސް ލީގު ކާމިޔާބުކުރުން 2018 ވޯލްޑްކަޕްގައި ހޯދުނު ކާމިޔާބީއަށްވުރެ ބޮޑުވާނެ – ކޭން

އިނގިރޭސި ވިލާތުގެ ފޯވާޑު ހެރީ ކޭން ދެކޭގޮތުގައި މިއަހަރުގެ ނޭޝަންސް ލީގު އިނގިރޭސިންނަށް ކާމިޔާބުކުރެވިއްޖެނަމަ އެކާމިޔާބީ 2018 ވޯލްކަޕްގައި އިނގިރޭސިންނަށް ހޯދުނު ކާމިޔާބީއަށްވުރެ ބޮޑުވާނެއެވެ.

2018 ވޯލްޑްކަޕްގައި އިނގިރޭސިން ސެމީއާއި ހަމައަށް ދަތުރުކޮށްފައިވާއިރު ސެމީއިން ކެޓީ އެއަހަރުގެ ރަނަސްއަޕް ކޮރޭޝިއާއަތުން ބަލިވެއެވެ.

ނޭޝަންސް ލީގު ސެމީގައި ޖޫން 6 ގައި އިނގިރޭސިން ބައްދަލަކުރަންޖެހޭނީ ނެދަލެންޑްއާއެވެ. ސެމީގެއަނެއް މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އަދި ސްވިޒަލޭންޑްއެވެ.

އިނގިރޭސި ޖާޒީގައި ތައްޓެއް ހޯދުމަކީ އާންމުކޮށް ލިބޭ ފުރުޞަތުތަކެއް ނޫންކަމަށާއި މިފަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކުރެވިއްޖެނަމަ 2018 ވަނަ އަހަރަށްވުރެ ބޮޑު ކާމިޔާބީއެއް ލިބުނީކަމަށް ޤަބޫލުކުރާކަމަށް ހެރީ ކޭން ބުނެފައިވެއެވެ.

2018 ވަނަ އަހަރުގެ ވޯލްކަޕްގައި އިނގިރޭސިންނަށް ޖަހައިދިން 6 ލަނޑާއެކު ރަންބޫޓު ހާޞިލްކުރި ކޭން އިތުރަށް ބުނެފައިވަނީ 2018 ވަނަ އަހަރަކީ ވަރަށް ބޮޑު ކާމިޔާބީއެއް އިނގިރޭސިންނަށް ލިބުނު އަހަރެއްކަމަށާއި އަބަދުވެސް އުންމީދުކުރަނީ މުބާރާތްތައް ކާމިޔާބުކޮށް ސަޕޯޓަރުން އުފާކޮށްދިނުމަށްކަމަށާއި މިއަހަރު ރިހި މެޑަލް ނަމަވެސް ލިބުން އުންމީދު ކުރާކަމަށެވެ.

ހެރީ ކޭން ރަން ބޫޓާއެކު - ފޮޓޯ: ޑެއިލީ މެއިލް

2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ސެމީގައި ކުޅުނު ޓީމުތަކުތެރެއިން އެމީހުންގެ ނޭޝަންސް ލީގު ގްރޫޕުން ދެމިގަނެވުނީ އިނގިރޭސިންނަށް އެކަންޏެވެ.

ނޭޝަންސް ލީގު ސެމީގެ ކުރިން އިނގިރޭސިން 2020 ޔޫރޯގެ ކޮލިފައިން ދެ މެޗެއް ކުޅެންޖެހޭނެއެވެ. ފުރަތަމަ މެޗު އަންނަ ހުކުރު ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު މިމަހު 25 ގައި ކުޅުމަށްހަމަޖެހިފައިވަނީ މޮންޓެނެގްރޯއާއެކުގައެވެ.

ދުނިޔޭގެ ލެވެލްގައި އިނގިރޭސިންނަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވޯލްޑްކަޕް ކާމިޔާބުކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ