މިނިމަން ވޭޖާ ގުޅޭ ގޮތުން ރޭ ރައްޔިތުންގެ މަޖިލީހުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުން އާއްމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ ފާތިމަތު ސާއިރާ އެވެ. އާންމު މީހެއްގެ ހައިސިއްޔަތުން އޭނާ، ސިޔާސީ ވެރިންނަށާއި ބޮޑެތި މަހުޖަނުންނަށް ރަނގަޅު މެސެޖެއްދީ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ.
ސާއިރާއަކީ އަބަދުވެސް އާއްމު ރައްޔިތުންގެ ހައްގުތައް ނުލިބި އެކަމުން މަހުރޫމް ވުމާއި ބިކަވާކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އުފުލުމުގައި ފާހަގަ ކޮއްލެވޭ ކަނބަލެކެވެ. އެގޮތުން ސާއިރާ ރޭ ގައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ހުރި ގޮންޖެހުންތަކާއި ދަތިތައް ކިޔައިދީ ސިޔާސީ މީހުންނާއި ވިޔަފާރުވެރިން ވަރުގަދަ ރައްދެއް ދެއްވާފައެވެ.
"އިގްތިސޯދުގެ ވާހަކަ މިތާ ވަރަށް ގިނައިން ދެއްކިއްޖެ، އަޅުގަނޑު އަހާލަން ބޭނުން ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ މި ދައްކަނީ؟، އިގުސޯދަކީ ވަކި ބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާ ނަމެއްތޯ ނޫނީ ރައްޔިތުންގެ ވެލްބީން އާއި ރައްޔިތުންނާ ވެސް ގުޅޭ ގޮތަކަށް ކިޔާ ނަމެއް ނޫންތޯ އެއީ؟،" ސާއިރާގެ ވާހަކަ ފަށަމުން ވިދާޅުވިއެވެ.
ސާއިރާގެ ފެށުންވެސް ވެގެންދިޔައީ އެތަނުގައި ތިބި އެހެން އާންމު މީހުން މޫނު މަތިން އުޖާލާކަންފެނި، ހިތްތަކަށް ތަސައްލީއެއްގެނުވި ފެށުމަކަށެވެ. އަދި ސާއިރާގެ ވާހަކައަށް ތަރުހީބު ދިނުމުގެ ގޮތުން އަތްތިލަ ބަޑީގެ ހޫނު މަރުހަބާ އެއް ދެންނެވިއެވެ.
ސާއިރާ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރި މީހެއް ކަމަށާއި އަދި އޭނާގެ ކުރީގެ ފިރިމީހާއަކީ ވެސް އުމުރުން ވަރަށް ކުޑައިރުން ފެށިގެން އެ ދާއިރާގައި އުޅޭ މީހެއް ކަމަށެވެ. އަދި މިހާރުވެސް އުޅެމުންދާ މީހެއް ކަމަށެވެ. އެހެންކަމުން ދާއިރާގެ މުވައްޒަފުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭނެ ކަމަށް ސާއިރާ ބުންޏެވެ.
"ދަރިފުޅު ކައިރިއަކަށް ނާދެވޭ، ފެމެލީއާއެކު ވަގުތު ހޭދައެއް ނުކުރެވޭ، މިއީ ހަމަ އިންސާނީ ހައްގުތަކެއް، އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ ވެސް،" ސާއިރާ ބުންޏެވެ.
މަޓީ އަދި މަސީގެ އިތުރުން ކެނދިކުޅުދޫ ދައިރާގެ މެމްބަރު އަހްމަދު އީސާއަށްވެސް ރޭ ސާއިރާ ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑު ވަރަށް ދެރަވޭ އީސައަކީ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ރިޕްރެޒެންޓްކުރުމަށް ހުންނެވުމަށްފަހު މިހާރު މަޖިލީހަށް ވަޑައިގެން މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް، އަޅުގަނޑު ވަރަށް ހިތާމަ ކުރަން އެކަމާ، އަޅުގަނޑުމެން ރައްޔިތުން އެންމެ އިތުބާރުކޮށްފަ ރައްޔިތުންގެ ވާހަކަ ދައްކަން ހަވާލު ކުރާ ބޭފުޅުން ވިޔަފާރިވެރިން ރިޕްރެޒެންޓްކޮށްފަ ވާހަކަ ދައްކަވާތީ ހަގީގަތުގައި ވަރަށް ދެރަވޭ،" ސާއިިރާ ބުންޏެވެ.
ސާއިރާ އެހެން ބުނިއިރު މެންބަރު އީސާ ވެސް އެތަނުގައި އިންނެވިއެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ ހުރިހާ އަސާސީ ހައްގަކަށް ފައިން އަރަން މަޓީ އާއި މަސީއިން ފައި ވިއްދާފައި ތިބިކަން ފާހަގަކުރަން، ސަރުކާރުން މިކަން ހުއްޓުވަން ޖެހޭ، ބޮޑެތި ވިޔަފާރިވެރިންގެ ހައްގުގައެއް ނޫން ވާހަކަ ދައްކަންވީ،" ސާއިރާ ބުންޏެވެ.
"ރައްޔިތުންގެ ހައްގުގެ ވާހަކަ ދެއްކުމަކީ ސޯޝަލިސްޓްވުމެއް ވެސް ނޫން ކޮމިއުނިސްޓްވުމެއް ވެސް ނޫން، އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ހައްގުތަކެއްގެ ވާހަކަ، ރާއްޖޭގައި އިންސާނީ ހައްގާއި ޑިމޮކްރަސީ ދެކެނީ ވަރަށް ހަނި ގޮތެއްގައި،" ސާއިރާ ބުންޏެވެ.
އިހުސާސް އަކަށްފަހު އިހުސާސް އެއް އަޑުއިއްވަމުން ސާއިރާ އިތުރަށް ބުނީ، "ހަމައެކަނި ފަސް އަހަރުން އެއް އަހަރު ވޯޓުލުމަކީ ޑިމޮކްރަސީއެއް ނޫން، އަޅުގަނޑުމެންގެ ބައިވެރިވުން ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުމެންގެ ލައިފަށް އެފެކްޓް ކުރާ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ ސޭއެއް ބޭނުންވާންޖެހޭ، ބޭނުން ކުރަން ޖެހޭ، އަޑުއަހަން ޖެހޭ،"
"އަސާސީ ހައްގަކީ ހަމައެކަނި ޖަލަށް ނުލުމެއް ނޫން، ޖަލުގައި ނުތެޅުމެއް ނޫން، އަޅުގަނޑުމެން މަސައްކަތް ކުރާ ވަގުތު ކުޑަވާން ޖެހޭ، އާއިލާއާއެކު ވަގުތު ހޭދަ ކުރެވެން ޖެހޭ، އިގްތިސޯދާއެކު އަންނާނެ ކުރިއެރުންތަކާއެކު ރަނގަޅު ޖީލެއް ނުއުފެއްދުމަކީ ކިހާ ބޮޑު ކޮސްޓެއްތޯ ދައުލަތަށް، އެ ވާހަކަ ކީއްވެގެންތޯ ނުދައްކަނީ، އަބަދު އިކޮނޮމީ، އިކޮނޮމީ ފެކްޓާއަކުން ބަލަންޏާ ނުލާހިކު ބަލި ކުދިންނާއި މަސްތުވާތަކެއްޗަށް ގޮސް ތިބި ބައިވަރު ކުދިން ތިބުމަކީ ކިހާ ބޮޑު ބުރައެއްތޯ އެއީ ދައުލަތަށް،" ސާއިރާ ބުނެއެވެ.
މިކަމާއި ގުޅިގެން އާއްމު ރައްޔިތުންގެ ތައުރީފު ޝުކުރުގެ ބަސްތައް ސާއިރާއަށް ވަރަށް ބޮޑަށް އަންނަނީ ލިބެމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސާއިރާއަށް ތައުރީފުކޮށްފައެވެ.





7 Responses
ރައްޔިތުންގެ މުވައްޒަފުން ރައްޔިތުންނަށް މަސައްކަތްކޮށްދޭން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާބޮޑުގޮތަށ
މިނިވަންވޭޖްވެސް ކަނޑައެޅިދާނެ ކަނޑައެޅީމަ ގިނަމީހުން ވަރަށް އުފާވެސްވާނެ! ކޮއްމެ މުއަށްޒަފަކަށް 25،000.00 ކަނޑައެޅިދާނެ ސުވާލަކީ މި 25،000.00 މުއައްޒަފު މީހާއަށް މުސާރައިގެ ގޮތުގައި ދޭނީ އެ ވިޔާފާރިވެރިޔާގެ އާމްދަނީންހޭ ނުވަތަ މުދަލައް އެބައި އިތުރުކޮއްގެހޭ؟ މުދަލަށް އިތުރުކުރާނަމަ ފައިދާއަކީކޮބާއިހޭ؟
Thiyahen viyafaariverinnah gellun vaakamah balaigrn vaahaka dhakaairu kudakohves visnaalintha emeehun ge hageegee faidhaa ulhey minvaru. Mussandhin mussandhivamun kuri aramun dhany kihinrh kan nuvisneytha. Raytithumeeha abadhuvea bika
Aha shaaira burugaa beyleetha???a
މީނަގެ އަޑު ރީތިތަ
, ވަރަށް ރަގަޅު ވާހަކަ އެ
ޝާއިރާގެ ވާހަކައިން ސިޔާސީ ފަރާތްތަކުން ފިލާވަޅެއް ދަސްކުރި ކަމަށް އުއްމީދުކުރަން. ހުރިހާ ރައްޔިތުން ވެސް މިފެންވަރުގައި ވާހަކަ ދައްކަންޖެހޭ. ރައްޔިތުންގެ މުވައްޒަފުން ރައްޔިތުންނަށް މަސައްކަތްކޮށްދޭން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާބޮޑުގޮތަށް.