މިހާރު ދުނިޔެއަށް ދިމާވެފައިވާ ބޮޑު މުސީބާތް ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ފެނުމުގެ އެއްދުވަސް ކުރިން ހޯދުނު ކޮމެޓެއްގެ ވާހަކަ ދުނިޔޭގެ މީޑިއާތަކުގައި ވަރަށް ބާރަށް އެބަ ދެކެވެއެވެ. ސުރޫދަ ނިޒާމު (ސޯލަރ ސިސްޓަމް) ގެ އެތެރެވަރިއަށް މިހާރު މިސްރާބު ޖަހާފައިވާ މި ކޮމެޓްގެ ސަބަބުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ތޯ ނޫން ތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
“ކޮމެޓް އެޓްލަސް” ގެ ނަމުން ނަންދީފައިވާ މި ކޮމެޓް އެމެރިކާގެ އެޓްލަސް އޮބްސަރވެޓަރީ ޓެލެސްކޯޕް އެހީގައި އެންމެ ފުރަތަމަ ހޯދީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވުހާން ޕްރޮވިންސުން އެ ވައިރަސްގެ ފުރަތަ ކޭސް ފެނުނުތާ އެއްދުވަސް ކުރިންނެވެ.

ކޮމެޓް އެޓްލަސްގެ ޓެކެލްސް ކޯޕް ފޮޓޯއެއް.
މި ކޮމެޓްގެ ހާއްސަ ކަމަކީ ކޮބާ؟
ކޮމެޓް އެޓްލަސް އެންމެ ފަހުން ދުނިޔެ ކައިރިން ދަތުރު ކުރީ މީގެ 4500 އަހަރު ކުރިން މިސްރުގެ ގަދީމީ ޕިރަމިޑްތަށް އިމާރަތް ކުރެވެމުން ދިޔަ ދުވަސް ވަރުގައެވެ. މިއީ ސުރޫދަ ނިޒާމުގައިވާ އެންމެ ބޮޑު ގުރަހަ (ޕްލެނެޓް) ޖުޕިޓާ އަށް ވުރެން 5 ގުނަ ބޮޑު ކޮމެޓެކެވެ. އެހެން ކަމުން މިއީ ދުނިޔެއަށް ވުރެން ވެސް ބޮޑު ކޮމެޓެކެވެ. ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ މާސްގެ އޮރްބިޓުން މިހާރު ދަތުރު ކުރަމުންދާ މި ކޮމެޓްގެ މިސްރާބު ހުރީ އިރާއި ދިމާލަށެވެ.
ދުނިޔެ ކައިރިން މި ކޮމެޓް އަންނަ މޭމަހު ދަތުރު ކުރާނެ.
ނުޖޫމީ އިލްމުވެރިން ބުނާ ގޮތުގައި އަންނަ މޭމަހު މި ކޮމެޓް ދުނިޔެ ކައިރިން ދަތުރު ކުރާ އިރު އޭގެ އަލި ހަނދުގެ އަލިކަމާ އެއްފަދަވުން އެކަށީގެން ވެއެވެ. އެހެން ކަމުން ހަމަ ލޮލަށް ވަރަށް އަލިގަދަ ކޮށް މި ކޮމެޓް ފެންނާނެއެވެ.
މި ކޮމެޓް ދުނިޔެއާއި 72 މިލިއަން މޭލު ދުރުން ދަތުރު ކުރާނީ މޭމަހުގެ 23 ވަނަ ދުވަހު އެވެ. އަދި ދުނިޔެ ހުރަސްކޮށް އިރުގެ 22 މިލިއަން މޭލު ދުރުން ދަތުރު ކުރާނީ މޭ މަހުގެ 31 ވަނަ ދުވަހުއެވެ. ރައްކާތެރި ކަމާއެކު މި ކޮމެޓް އިރު ފަހަނަ އަޅައި ސުރޫދަ ނިޒާމުގެ ބޭރަވަރިއަށް ގޮސްފިނަމަ 6000 އަހަރު ފަހުން އަނެއްްކާވެސް ސުރޫދަ ނިޒާމުގެ އެތެރެވަރިއަށް މި ބިޔަ ކޮމެޓް ވަންނާނެއެވެ. އެހެން ކަމުން އޭރު ދުނިޔޭގައި ދިރިތިބި ބަޔަކަށް މި ކޮމެޓް އަނެއްކާވެސް ފެންނާނެއެވެ.
ކޮމެޓެއްގެ ސަބަބުން ދުނިޔެ އަށް ނުރައްކާވި ދެ ފަހަރެއް.
ކޮމެޓެއްގެ ސަބަބުން ދުނިޔެއަށް ނުރައްކާވި ދެ ފަހަރެއް ތާރީހުގައި ފާހަގަވެފައި ވެއެވެ. އެއީ 1770 އަދި 1983 ވަނަ އަހަރު ބިމާ ވަރަށް ގާތުން ދަތުރުކުރި ތަފާތު ދެ ކޮމެޓެއްގެ ސަބަބުން ކުރިމަތިވި ނުރައްކަލެވެ. މިދެ ހާލަތުގައި ވެސް ދުނިޔެއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކުދި ގިނަ ހިލަ ފޭބުންފަދަ ކަންކަން ހިނގާފައިވެ އެވެ.

ދުނިޔެ ހިމެނޭ ސުރޫދަ ނިޒާމުގެ ތެރެއަށް ކޮމެޓް އަންނަނީ ދުނިޔެއާއި 15 ޓްރިލިއަން ކިލޯމީޓަރު ދުރުގައިވާ ކޫޕަރބެލްޓް އޭ ކިޔުނު ތަނަކުންނެވެ. މިއީ ހިލައާއި ގަނޑުފެނުން އުފެދިފައިވާ ތަނެކެވެ. ކޫޕަރބެލްޓް ސަރަހައްދުގައި ކޮމެޓްތައް އުފެދިފައިވަނީ މީގެ 5 ބިލިޔަން އަހަރުކުރިންނެވެ.
މިއީ ނޫސްވެރިއާ އަޝްވާގު ފައުޒީ ފެށުމަށް ލިޔުއްވި އާޓިކަލް އެއް.Follow @ashvarg





8 Responses
The comet is due probably at the last day of Ramadan. Take heed this virus and comet may be a sigh and time given for us muslims to repent before something major happening…
konmey Kamakaa majaa kuran dhow miuley nee
Click bait
Mi habaraa Corona virus akaa gulhumeh nei. Suruheega bodukoh Corona ge vaahaka jehy samaalukan hoadhan baa?
Varah mauloomathu huri article eh
Good article
good article
komeTaa suvaalu kohli namadho hrhrhr