2020 ވަނަ އަހަރު ފާހަގަ ވެގެން މިދަނީ ހުރިހާ ގޮތަކުން ވެސް ދުނިޔެ އަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ އަހަރެއްގެ ގޮތުގައެވެ. އެގޮތުން މިއަހަރު އެންމެ ބޮޑަށް ފާހަގަ ވަނީ ދުނިޔެ މިވަގުތު ހަގުރާމަ ކުރަމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ނެވެ. އޭގެ އިތުރަށް ގުރުދަތީ ކަންތަތަކެއް މިއަހަރު ފެނިގެން ދާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ދެ އިރުކޭތަ އެއް ހިފާނެއެވެ. ފުރަތަމަ އިރު ކޭތަ ހިފާނީ އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުގައެވެ. މި އިރު ކޭތަ ރާއްޖެ އަށް ފެންނާނެ އެވެ. އަދި ދެވަނަ އިރު ކޭތަ ހިފާނީ މިއަހަރު ފަހުކޮޅު ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ދެކުނު އެމެރިކާގެ ގައުމުތަކަށެވެ. މި ކޭތަ މުޅި ދެނުކު އެމެރިކާ ބައްރު " ޓޯޓަލް ޑާކްނެސް" ނުވަތަ މުޅިން އަދިރި ކޮއްލާނެއެވެ.
ޖޫން މަހުގެ 21 ވަނަ ދުވަހު ހިފާ އިރުކޭތަ.
ޖޫން މަހު ހިފާ "ރިންގް އޮފް ފަޔާ" ގެ ނަމުން ނަންދީފައިވާ މިއިރު ކޭތަ އަކީ ފުރިހަމަ އިރު ކޭތަ އަކަށް ނުވި ނަމަވެސް މި ކޭތަ ފުރިހަމަ އިރު ކޭތަ އަކާއި ގާތް ކުރާ ވަރު ވާނެ ކަމަށް ނާސާއިން ބުނެއެވެ. މި ކޭތަ އެފްރިކާގެ ބައެއް ގައުމުތަކަށާއި ދެކުނު ޕާކިސްތާން , އުތުރު އިންޑިއާ, ޗައިނާގެ އިތުރުން ރާއްޖެ އަށް ފެންނާނެއެވެ. ރާއްޖެ އަށް މި ކޭތަ ހިފަން ފަށާނީ ޖޫން 21 ވަނަ ދުވަހުގެ ހެނދުނު 9:39 އިން ފެށިގެން މެންދުރު 12:14 އަށެވެ. 2 ގަޑިއިރާއި 36 މިނެޓަށް ހިފާފައި ހުންނަ މި ކޭތަ ރާއްޖެ އަށް ފެންނާނީ ކުޑަކޮށެވެ.
ރާއްޖެ އަށް އެންމެ ފަހުން އިރު ކޭތަ އެއް ފެނުނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. 'ރިންގް އޮފް ފަޔާ'ގެ ނަމުން ނަންދީފައިވާ މި އިރުކޭތަ ރާއްޖޭގެ އިތުރުން އިންޑިއާ ލަންކާ, ސައުދި އަރަބިއްޔާ, އޮމާން, ސިންގަޕޫރު, ގަތަރު އަދި މެލޭޝިއާއަށް ވެސް ފެނުނެވެ. މި ކޭތަ ބަލާލުމަށް، އޭޝިއާ ބައްރުގެ އެކި ހިސާބުތަކުން ގިނަ ބަޔަކު އެކި ތަންތަނަށް ޖަމާވިއެވެ.
ޑިސެންބަރު 14 ވަނަ ދުވަހު ހިފާ އިރު ކޭތަ.
މި އަހަރު ފަހުކޮޅު ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ހިފާ އިރު ކޭތަ އަކީ ޓޯޓަލް ނުވަތަ ފުރިހަ އިރުކޭތަ އެކެވެ. މި ކޭތަ ދެކުނު އެމެރިކާގެ ބައްރުގެ ބައެއް ގައުމުތަށް އެއްކޮށް އަދިރި ކޮށްލާނެއެވެ. ދެކުނު އެމެރިކާ ބައްރަށް ރާއްޖެ ގަޑިން މިކޭތަ ހިފަން ފަށާނީ ޑިސެންބަރު 14 ވަނަ ދުވަހުގެ އިރު އޮއްސި 18:35 އިން ފެށިގެން ރޭގަނޑު 23:53 އަށެވެ. މި ކޭތަ ކޮންމެވެސް ވަރަކަށް ހުޅަނގު އެފްރިކާ ބައްރު އަދި އެންޓާޓިކާއަށް ވެސް ފެންނާނެއެވެ.
ދުނިޔެއާއި އިރު ހަނދުގެ ދައުރުވުން ހިނގަމުންދާ ގޮތަށް ބަލާއިރު އިރު ކޭތަ ހިފަނީ އިރު ހަނދާއި ބިމާއި ސީދަލަށް އެތުރި އިރުގެ މައްޗަށް ހަނދު އަރާ ހަނދުގެ ހިޔަނި ދުނިޔޭއަށް އެޅުމުގެ ސަބަބުންނެވެ.
މިއީ ނޫސްވެރިއާ އަޝްވާގު ފައުޒީ ފެށުމަށް ލިޔުއްވި އާޓިކަލް އެއް.Follow @ashvarg



