ރަމަޟާންމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭނީ ހެނދުނު ނުވަޔަކުން މެންދުރު 12 އަށް ކަމަށް އެބޭންކުން މިއަދު ބުނެފިއެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބޭންކު ބަންދުވާނެ ކަމަށާއި ނަމަވެސް ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުތަކުން ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ހޯދޭނެ ކަމަށެވެ.
ރޯދަމަހު މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. ރޯދަމަހު އެމްއެމްއޭ އިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތްދޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށާއި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު ހެނދުނު 09:30 އިން މެންދުރު 11:00އަށް ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.



