އުއްދޫ

އުއްދޫއަށް ހޮނުއަޅާ އެކަކުގެ ހާލު ސީރިއަސްވެއްޖެ

ދަނޑުވެރިކަން ކުރަން ދ. އަތޮޅުން ދޫކޮށްފައިވާ އުއްދޫއަށް ހޮނުއަޅައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އުއްދޫއަށް ހޮނުއަޅާފައިވަނީ އެރަށުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ގެއަށެވެ.

އެގެއަށް ހޮނުއެޅިއިރު އެގޭގައި އުޅޭ މީހުން ތިބީ ނިދާފައި ކަމަށާއި، ގޭ ފުރާޅަށް ހޮނުއެޅުމުގެ ސަބަބުން ފުރާޅާއި ސީލިންގ ހަލާކުވެ އެމީހުން ނިދަންތިބި އެނދަށް ހޮނުގެ އަސަރުކޮށް ދެމީހަކަށް އަނިޔާވެފައިވާ ކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން ވިދާޅުވިއެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ދެ ބިދޭސީންނަށް އަނިޔާވެފައިވާއިރު، އެކަކު ޕެރަލައިޒްވެ އޭނާގެ ހާލު ވަނީ ސީރިއަސް ވެފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ