ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު މިއަދު ހެނދުނު އަނބުރާ އެޤައުމަސް ގޮސްފިއެވެ.
އެމީހުން ރާއްޖެއިން ފުރީ އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއަރފޯސް މަތިންދާބޯޓުގައެވެ. މިއީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެންގާ ހިންގާ މަސައްކަތުގެ ދަށުން ކުރެވެނު މަސައްކަތެކެވެ.
އަދި ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގަލަދޭޝް މީހުން އުޅެމުންދާއިރު ގަވާޢިދާ ޚިލާފަށް ގިނަބަޔކު އުޅެމުންދާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މިނިސްޓްރީ އޮފް އެކްނަމިކް ޑެވަލޮޕްމަންޓުން ވަނީ ޤަވާއިދާ ޚިިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަޑޭޝް ރައްޔިތުން ހޯދުމުގެ މަސައްކަތެއް ފަށައިފައެވެ.
ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އަޅާލާނެ މީހަކުނެތި މާލޭ މަގުމަތީގައި އުޅެމުންދާކަމަށް ގިނަބަޔަކު ގެންދަނީ އަޑު އުފުލަމުންނެވެ.




