ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް މިވަނީ މި ބަލި މަޑުކަމުގައި ބަނދެވިފައެވެ. ޓެކްނޮލަޖީގެ ގޮތުންނާއި އަސްކަރީގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަށް ވަނީ މި ބަލީގެ ސަބަބުން އިނދަޖެހިފައެވެ. މި ކުޑަކުޑަ ވައިރަސްގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މުޅި ދުނިޔެ ވަނީ ލޮކްޑައުންވެފައެވެ.
މިއީ މުޅި ދުނިޔޭގެ އިޤްޠިޞާދަށް ކުރިމަތިވި ބޮޑު ލޮޅުމެކެވެ. މިކަމުން އަރައިގަނެވޭނެ ދުވަހެއް ބުނާކަށްވެސް ނޭންގެއެވެ.
ކަން މިހެން އޮތް އޮތު މި ބަލީގެ ނުރައްކާ މި ކުޑަކުޑަ ދިވެހި ރާއްޖެއަށްވެސް މިވަނީ ބޮޑުވެފައެވެ. މުޅި ރާއްޖެއަށް މި ވަނީ ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ނުރައްކާ ވަނީ ހީވެފައެވެ. ރާއްޖޭގެ އިޤްޠިޞާބު އެކަމެއްގެ މައްޗަށް ބިނާވެފައިވާ ޓޫރިޒަމް އިންޑަސްޓްރީވެސް މި ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ސަރުކާރުން ވަނީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ފުރަމަތަމަ ރާއްޖެއިން މި ބަލި ފެނިފައިވަނީ ރިސޯޓްތަކުންނެވެ. އޭގެ ފަހުން ބޭރު ޤައުމުތަކުން ރާއްޖެއައިސް ކަރަންޓީންގައި ހުރި މީހުންގެ ގައިންނެވެ. އެންމެ ފަހުން މިވަނީ ތޮއްޖެހިފައިވާ މާލެއިން މި ބަލި ފެނި އެންމެން ސިއްސުވާލައިފައެވެ.
އޭޕްރީލް 15 ވަނަ ދުވަހު ސެނެހިޔާ ފްލޫ ކުލިނިކަން ދެއްކި އަންހެނަކު މި ބައްޔަށް ޕޮޒިޓިވް ވި ޚަބަރު ދިވެހިން އެހީ ކުއްލި ސިހުމާއި ފުން ހިތާމައާއި އެކުއެވެ. އޭގެ ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 63 އަށް އަރާފައެވެ.
މާލޭގެ އިތުރުން ހއ.އުލިގަމުންވެސް މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
މާލެ އިން ބަލި ފެނުމުގެ ކުރީގައި ސަރުކާރުން މި ބަލި ފެތުރިގެން ހިނގައިދާނެކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއެވެ. އެގޮތުން މުޅު ރާއްޖެއަށް އާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް ރާއްޖެ ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް ބޭރު ޤައުމުތަކުގައި ދިއިރުޅުނު ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުޞަތު ސަރުކާރުން ވަނީ ދީފައެވެ. އަދި އެފަރާތްތައްވެސް ރާއްޖެ އައުމަށްފަހު ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީން އެއް ފުރިހަމަ ކުރަންޖެހެއެވެ.
ކޮވިޑް-19އާއި ގުޅިގެން ސަރުކާރު ބަންދުކުރެވުނެވެ. އެއަށްފަހު ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންނި ނިންމުން އަދިވެސް އޮތީއެގޮތަށެވެ.
ދާދި ފަހުން މިވަނީ މުޅިރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއްރަށަށް ދިއުންވެސް ހުއްޓާލައިފައެވެ. މިސްކިތުގެ ޖަމަޢާތް މެދުކަނޑާލަށް އަންގާފައެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަންގާފައެވެ. ބަލީގެ ކިތައްމެ ކުޑަނަމަވެސް އަލާމާތެއް ހުރިނަމަ ލަސްނުކުރައްވައި އެކަން އެންގުމަށް ވަނީ އިލްތިމާސްކު ކުރައްވާފައެވެ.




