ރޯދައަށް ތައްޔާރުވުމަށް ފުރުސަތު ދިނުމަށް އަންނަ އާދީއްތަ ދުވަސް ބަންދުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަނާމު އިބްރާހީމް ހޫދު ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރާ މަސައްކަތަށް ވަގުތު ދިނުމުގެ ގޮތުން މިމަހުގެ ފަސްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން ހުކުދު ދުވަހުން ފެށިގެން ހޯމަ ދުވަހާއި ހަމައަށް ސަރުކާރު ބަންދު ވާނެއެވެ.

ކަލަންޑަރު ގައި ބުނާގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ ހަޔެއްވާ ހޯމަ ދުވަހެވެ. ރޯދައަށް ހަނދުބަލާނީ ހޮނިހިރު ދުވަހުއެވެ. އާދީއްތަ ދުވަހު ރޯދައަށް ތިބޭނީ އެދުވަހު ހަނދު ފެނިއްޖެ ނަމައެވެ. ފަލަކީ އިލްމުވެރިން ބުރަވެލައްވަނީ އާދިއްތަ ދުވަސް ވާނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ