ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު 116 އަށް އަރައިފި އެވެ.
މިއަދު ހެނދުނު ޕޮޒިޓިވްވި ދެ ދިވެހިންނާއި ދެންމެ ޕޮޒިޓިވްވީ 2 ދިވެހިންނާއި 2 ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހަކާއި ސްރީލަންކާ މީހާއާއިއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 116 އަށް އަރާފައިވީއިރު މިއީ މިސަރަޙައްދަށް ބަލާނަމަ ނިސްބަތުން އިތުރު އަދަދެކެވެ. ސައުތު އޭޝިއާ ޝަރަޙައްދުން ނިސްބަތުން އެންމެ ގިނަ ކޭސް ފެނިފައި މިވަނީ ދިވެހިރާއްޖެ އިންނެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައި މިވަނީ 48 ދިވެހިންނާއި 68 ބިދޭސީން ނެވެ. ރާއްޖެއިން ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މާޗު 7 ވަނަ ދުވަހުއެވެ.
ރާއްޖެއިން މިހާތަނަށް މިބަލި ޖެހުމަށްފަހު ރަނގަޅުވެފައިވަނީ 16 މީހުންނެވެ. މިހާރު އެކްޓިވް 100 ކޭސް ހުރިއިރު މީގެތެރެއިން 2 މީހުން ތިބީ ރާއްޖެއިން ބޭރުގައެވެ. އެއީ ރާއްޖެއިން ފުރައިގެން ދާން ފްލައިޓްގައި ހުއްޓައި ޕޮޒިޓިވްވި 2 މީހުންނެވެ.
ރާއްޖެއިން 80 އަހަރުގެ ދިވެއްސެއް ޕޮޒިތިވް ވެފައިވާއިރު އެޗްޕީއޭ އިން އެންމެ ފަހުން މައޫލޫމާތު ހާމަކުރެއްވިއިރު ބުނެފައިވަނީ އޭނަގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެން ފަށާފައި މިވަނީ މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއިއެކުގައެވެ. މިހާރު މުޅި ރާއްޖެ އޮތީ ލޮކްޑައުންކޮށް ދަތުރު ފަތުރު ހުއްޓާލައިފައެވެ.



