ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން އިތުރު 50 މީހަކު މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، ފޮރިން މިނިސްޓްރީއާއި އިންޑިއާއާ އެކު ކުރި މަސައްކަތުން ބޭރުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން އިތުރު 50 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި މިމީހުން ގެނެސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމުން ކަމުގައިވެސް އެކުންފުނިން ވިދާޅުވިއެވެ.
Our repatriation flight from #Trivandrum arrives @VelanaAirport with 50 passengers – a collaborative effort with @MoFAmv to fly Maldivians back home after the suspension of international flights & lockdown due to the Covid19 pandemic.#BringingOurCitizensHome ?? pic.twitter.com/TLeDjvoa0R
— Maldivian (@MaldivianAero) May 11, 2020
ފޮރިންގ މިނިސްޓްރީއިން މިއަދު ވިދާޅުވީ، އިންޑިއާގެ 16 ސިޓީއަކުން 234 ދިވެއްސަކު މިއަދު ރާއްޖެ އަންނަގޮތަށް ހަމަޖެހިފައިވާކަމަށާއި، މިމީހުން ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ދެފްލައިޓެއްގައިކަމަށެވެ.
Homecoming..
234 Maldivians stranded in 16 cities of India will return home today on 2 specially arranged flights by @MaldivianAero from Delhi and Thiruvananthapuram.
Thank you to the Indian Government, including State Governments for the support in getting our nationals home. pic.twitter.com/Gh0ALSKSxw— Ministry of Foreign Affairs ?? (@MoFAmv) May 11, 2020
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢަމަލުކުރަމުންދާ ޢުޞޫލުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކުވެސް14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެއެވެ.
ދިވެހި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 862 އަށް އަރާފައިވާއިރު، އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 478 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ. ދިވެހިންގެ 288 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ރާއްޖޭގައި މިހާތަނަށް 30 މީހަކު ވަނީ މި ބަލިން ރަންގަޅުވެފައެވެ.



