ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ އޯރިއޯ ގަބުޅި ސުންޑޯލި ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 2 ޅަ ގަބުޅި (ކޮށާފާއި)
- 1 ފިޔާ (ކޮށާފައި)
- 1 ރޯ މިރުސް ( ކޮށާފައި)
- 50 ގްރާމް ހިކިމަސް (ކޮށާފައި)
- އަސޭމިރުސް ( ދެ އިނގިލި ކުރިން ހިފޭވަރަށް)
- 1 ލުނބޯ
- ލޮނު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކޮށާފައިހުރި ފިޔާ، މިރުސް، އަސޭމިރުސް ލޮނު އަދި ލުނބޯ އެއްކޮށްލުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ކޮށާފައިހުރި ހިކިމަސް ކޮޅު އޭގެތެރެއަށް އެޅުމަށްފަހު އަނެއްކާވެސް މޮޑެލާށެވެ. ދެން އެއަށްފަހު، ކޮށާފައިހުރި ގަބުޅި އޭގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް މޮޑެވުމުން ކުޑަކުޑަ ގަބުޅި ފެންކޮޅެއް އޭގެތެރެއަށް އަޅާލާށެވެ. މިހާރު ތިހުރީ ގަބުޅި ސުންޑޯލި ތައްޔާރުކުރެވިފައެވެ.