ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ މި ޚާއްޞާސް ދަނޑިވަޅުގައި އެތައް ބަޔަކު ދަނީ އާއިލާއާއި، އަނބިދަރިންނާއި ދުރުގައި ރާއްޖެ ވެއްޓިފައިމިވާ މި ނުރައްކަލުގެ ތެރެއިން، ރައްޔިތުންގެ ރައްކާތެރިކުރުމަށް މިންނަތް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަނެއްކާވެސް “ވިޒިޓް ލާމު އެޓޯލް” އިން މިވަނީ މިފަދަ ފަރާތްތަކަށް ދީލަތި އެހީތެރިކަމެއް ފޯރު ކޮއްދީފައެވެ. “ވިޒިޓް ލާމު އެޓޯލް” އިން އެއަތޮޅުގެ ހުރިހާ މުއައްސަސާތަކަށް މިވަނީ ބޮޑު އެހީތެރިކަމެއްގެ އަތެއް ދިއްކޮއްފައެވެ.
ވިޒިޓް ލާމު އެޓޯލް އިން ބުނީ، ލާމު އަތޮޅުގެ ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލާއި، ފެނަކަ މުވައްޒަފުންނާއި، ސޯޝަލް ސާވިސް ޑެސްކްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، އެސްޓީއޯއާއި، އެއަރޕޯޓާއި، މޯލްޑިވިއަންގެ އިތުރުން އެމްޓީސީސީއަށް، އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަށް ބަލައި، މާސްކް، އަންގި އަދި ސެނަޓައިޒާ ވަނީ މިހާރު ހަވާލު ކުރެވިފައި ކަމަށެވެ.
"ކުރިން ދިން ސާބަހުގެ އަތްތިލަ ބަޑިން ޝުކުރު އަދާ ނުކުރެވޭނެކަން އެނގިތިބެމެ، ދެން އަޅުގަނޑުމެން ފެށީ ކޮވިޑް19 އާ ދެކޮޅަށް ހަނގުރާމަ ކުރާ ލަޝްކަރަށް އެހީތެރިވެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން މިއަދު މިވަނީ ވަރަށް ފުރިހަމަ ކަމާއެކު، މީގެ ތެރެއިން އެއްކަންތައް ކޮށް ނިންމައިލެވިފައެވެ. ހައްޤު ޝުކުރު ވަކިވަކިން ކިޔޭ ވަރަށްވުރެ ގިނައެވެ. ލާމު އަތޮޅުގެ ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލާއި، ފެނަކަ މުވައްޒަފުންނާއި، ސޯޝަލް ސާވިސް ޑެސްކްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، އެސްޓީއޯއާއި، އެއަރޕޯޓާއި، މޯލްޑިވިއަންގެ އިތުރުން އެމްޓީސީސީއަށް، އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަށް ބަލައި، މާސްކް، އަންގި އަދި ސެނަޓައިޒާ ވަނީ ހަވާލު ކުރެވިފައެވެ. ތިޔަ ޚިދުމަތްތެރިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވުނު ކަމަށް އުއްމީދު ކުރަމެވެ. އަދި އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުން އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ދަރުމަވެރިންނަށް ޝުކުރު ދަންނަވަމެވެ." ވިޒިޓް ލާމު އެޓޯލް ބުންޏެވެ.
ކުރިން ދިން ސާބަހުގެ އަތްތިލަ ބަޑިން ޝުކުރު އަދާ ނުކުރެވޭނެކަން އެނގިތިބެމެ، ދެން އަޅުގަނޑުމެން ފެށީ ކޮވިޑް19 އާ...
Posted by Visit Laamu Atoll on Friday, May 29, 2020
"ލޯތްބާއެކު، ހެޔޮހިތުން" މި ޕްރޮޖެކްޓަކީ 100،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވުނު ޕްރޮޖެކްޓެކެވެ. ކާމިޔާބުކަމާއެކު، ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާ ގުޅިގެން ކުރިޔަށް ގެންދެވުނު މި ޚަރަކާތުގައި ޖުމްލަ؛
3,500 ސާޖިކަލް މާސްކް
1,300 ފޮތި މާސްކް
600 ސާޖިކަލް އަންގި
1,400 ސެނިޓައިޒާ
100 ހޭންޑް ވޮޝް
ވާނީ ލާމު އަތޮޅުގެ ރަށްތަކަށް ހަވާލުކުރެވިފައި ކަމަށެވެ. އަދި މީގެ އިތުރުން ބައެއް މިސްކިތްތަކަށާއި ގާޑިޔާތަކަށްވެސް ހޭންޑްވޮޝްވަނީ ފޯރުކޮށްދެވިފައިވާނެ ކަމަށާއި، އަދި ބައެއް ބިދޭސީންނަށް މާސްކްވެސް ވަނީ ބެހިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.



