މިހާރު އެންމެ ބޮޑު މައްސަލައަކީ ކުދި ދޯނި ފަހަރުގައި މަހަށް ފުރޭނެ ގޮތް ނެތުންކަމުގައި މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު އަންނަ އެންމެ ބޮޑު މައްސަލަޔަކީ ފަރުމަހަށްދާން ބޭނުން މަސްވެރިންނަށާއި، ކުދި ދޯނި ފަހަރުގެ މަސްވެރިންނަށް މަހަށް ފުރޭނެ ގޮތެއް ނެތުން ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ މަސްވެރިންގެ ނަން ނޯޓްކޮށް މަޢުލޫމާތު އެއްކުރަމުން ދާކަމުގައި ޝިފާ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް ލޮކްޑައުންގެ ހާލަތަށް ލުއިތަކެއްދީ ސަރުކާރުން ވަނީ ބައެއް ކަންތައްތަކަށް ލުއިދީފައެވެ. އެގޮތުން އުޞޫލެއްގެ ދަށުން ބޭރަށް ނުކުމެ އުޅުމާއި ޚާއްސަ ހުއްދައެއްގެ ދަށުން ވިޔަފާރިތައް ހުޅުވުމާއި އާންދަނީ ލިބޭ ޒާޒުގެ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަންސް ދާއިރާގެ މަސައްކަތްތައް ކުރުމަށްވެސް ވަކި އުޞޫލެއްގެ ދަށުން ވަނީ ހުއްދަ ދޫކުރަން ފަށާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީއަށް އަރާ ފޭބުމާއި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން މިކަންކަން ވަނީ ހުއްދަކޮށްފައެވެ.
މަސްވެރިކަމަކީ ދިވެހިން އާމްދަނީ ހޯދުމުގެ ގޮތުންނާއި މުނިފޫހިފިލުވުމުގެ ގޮތުންވެސް ކޮށްއުޅޭ އެކަމުން ރަނގަޅު އާމްދަނީ އެއް ލިބޭ މަސައްކަތެކެވެ. އެގޮތުން ކަންނެލި މަސްވެރިކަމުގެ އިތުރުން ކުދި ދޯނިފަހަރާއި ޑިންގީ ތަކުގައި ނިކުމެ ކުރާ މަސްވެރިކަމަކީވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކޮށްއުޅޭ މަސައްކަތެކެވެ.
އެހެން ކަމުން ކޮވިޑް-19 އާއި ގުޅިގެން އެފަދަ ފާރާތްތަކަށް މަސްވެރިކަން ކުރުމުގެ ފުރުޞަތު ފަހިވެފައި ނުވާތީ އެކަމުގެ ޝަކުވާތައް ދަނީ ކުރެވެމުންނެވެ.
ހިޔާލު
Anekkaaves mauloomaathu ekkuran. Konfadha dhuppaaneh masverinnah kaley thi kuranee. Nenygey kamah hadhaige heyo edhigeneh noon thi ulheneekee. Jessun kuran, masverin bandah jehey iruves