އިސްލާމިކް މިނިސްޓްރީގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ހާމަވެއްޖެއެވެ.
އޭސީސީއަށްވެސް ހުށަހަޅާފައިވާ މިމައްސަލައަކީ ރަމަޟާން މަހާ ދިމާކޮށް އެ މިނިސްޓްރީން ކުރިއަށް ގެންދާ ރަމަޟާން މަހުގެ އިހްޔާ ފޯރަމްތަކަށް ރިފްރެޝްމަންޓް ހަމަޖެއްސުމަށް ކުރި ބިޑް ދީފައިވާ ފަރާތާ ގުޅޭ މައްސަލައެކެވެ.
އެންމެ އަގުހެޔޮ އެކަން ކުރަން ބޭނުންވާ ފަރާތަކަށް ބިޑް ލިބޭނެކަމަށް އިޢުލާންކޮށް ހުޅުވާލެވުނު މިބިޑަށް ފަސް ފަރާތަކުން ނަން ހުށައަޅާފައިވާކަމަށް ވެއެވެ. ބިޑް ހުށައެޅި ފަސް ފަރާތުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ބިޑް ހުށައަޅާފައިވަނީ ސައުތު ކޭޓަރިންނެވެ. ސައުތު ކޭޓަރިން އެމަސައްކަތް ކޮށްދޭނެކަމަށް ހުށައަޅާފައިވަނީ 117،600 ރުފިޔާއަށެވެ.
އެހެންނަމަވެސް ބިޑް ކާމިޔާބުކޮށް މިމަސައްކަތް ކުރަމުން އަންނަ ބުރުޒު އިންވެސްޓްމެންޓުން ހުށައަޅާފައިވަނީ 126،000 ރުފިޔާއެވެ. މިއީ ސައުތު ކޭޓަރިންއަށްވުރެ 8،400 އިތުރު އަދަދެކެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބިފައި ނުވާ އިރު، އެ މައްސަލައިގައި ސައުތު ތައުފީގު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، އެއީ ވަރަށް ބޮޑަށް އޮޅުވާލުމުގެ ތެރެއިން ގޮސްފައިވާ ކަމެއް ކަމަށާއި، ވަރަށް ބޮޑު ގެއްލުމެއް އެކަމުގެ ސަބަބުން ވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ތައުފީގު މީޑިއާއަށް ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓަރާ އެ މައްސަލަ ހިއްސާކުރުމުން، މިނިސްޓަރު ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް ސާފުކޮށް ނޭނގޭ ނަމަވެސް، އެކަމުގައި ބައެއް މައްސަލަތައް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.




2 Responses
MIFESHUMAKEE VAGUTU MEEHUN JAHAKALA VAHALA LIYABEY. KAANDEYN HULHAHELHI TAKETEEGE VATTARUVEX BALA. FESHUN VEX BOICUT KURANFENNANEE
Kaandheyn hushahalhaafaivaa thakethi ves balaabala.