ރިސޯޓެއްގައި ޕާޓީ ކުރާކަމަށްބުނެ ދައުރުވަމުން ދަނީ ރައީސް ސޯލިޙުގެ ފޮޓޯއެއް ނޫން: ހޫދު

ރިސޯޓެއްގައި މަޖާ ކުރާކަމަށްބުނެ ދައުރުވަމުން ދަނީ ރައީސް ސޯލިޙުގެ ފޮޓޯއެއް ނޫންކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މީސް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯ އަކާއި ގުޅިގެން އޮންލައިން ނޫސް ދިޔަރެސްގައި ޖަހާފައިވާ ހަބަރަކަށް ކޮމެންޓު ކުރައްވަމުން ހޫދު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށެވެ. އަދި އެމަނިކުފާނު ލޮކްޑައުންއާއި ގުޅިގެން މާލެއިން ބޭރަށް އެއްވެސް ތަނަކަށް ވަޑައި ނުގަންނަވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ މިއީ ނޫސްވެރިކަން ނޫން ކަމަށާއި މިއީ ރައީސްގެ އަގުވައްޓާލުމަށް ހިންގާ ހަޤީގަތެއްނެތް ޖަރީމާއެއް ކަމަށެވެ. ޚަބަރާއި ގުޅިގެން އެއީ ރައީސް ޞޯލިޙް ނޫންކަމަށް ވިދާޅުވުމުންވެސް ދިޔަރެސް ނޫހުން އެ ޚަބަރު ނަގާފައި ނުވާ ކަމަށް ހޫދު ވިދާޅުވިއެވެ.

ދިޔަރެސް އޮންލައިން ގައި އިއްޔެހަބަރު ލިޔެފައިވަނީ "އެޗްޕީއޭގެ ޤަވާއިދުތަކާއި ހިލާފަށް ރައީސް ސޯލިހާއި ނަޝީދު ރިސޯޓެއްގައި އުޅުއްވާ ފޮޓޯއެއް" މި ސުރުޙީގެ ދަށުންނެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯ ޓްވީޓު ކުރައްވަމުން ހަސަން އަލީ ކިޔާ މީހާކު ބުނެފައިވަނީ ޖޫން 25 ވަނަ ދުވަހު ޖުމެއިރާ ވިޓަވެލި މޯލްޑިވެސް ރިސޯޓުގައި މަޖިލިސް ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާއި މަޖިލިސް މެންބަރު އަޙްމަދު އީސާ އަދި މެންބަރު ހުސައިން ޝަމީން (އަނދުން ހުސައިން) ޕާޓީ ކުރައްވަނީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ