އާމިރު ޙާންގެ ފުރަތަމަ މުސާރަ އެނގޭތަ؟

ބޮލީވުޑްގެ ދިގު ތާރީޙްގައި އެ އިންޑަސްޓްރީއަށް އުފަންވި އެންމެ ކުޅަދާނަ އެކްޓަރަކީ އާމިރު ޙާންއެވެ. އާމިރުގެ ދިގު ފިލްމީ ކެރިއަރުގައި މޮޅެތި އަދި ކާމިޔާބު ފިލްމަތަކެއް ކުޅެފައިވާއިރު، ބޮލީވުޑްގެ ގިނަ ރިކޯޑުތަކެއް އާމިރު ވަނީ މުގުރާލާފައެވެ.

55 އަހަރުގެ މި އެކްޓަރު އަދިވެސް ބޮލީވުޑްގައި ފަނޑުވުމެއް ނެތި ފިޔަޖަހަމުންދަނީއެވެ. ބޮލީވުޑްގައި މަސައްކަތްކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބޮލީވުޑްގައި އެންމެ އަގުބޮޑުކޮށް ފިލްމްކުޅެދޭ އެއް ތަރިއަކީވެސް އާމިރު ޙާންއެވެ. އާމިރު ޙާންއަކީ އަގުބޮޑު ތަރިއެއްނަމަވެސް، އެންމެ ފުރަތަމަ އޭނާ ފިލްމް ކުޅެދެން ފެށީ ބޮޑު އަގެއްގައި ނޫންކަން ގިނަ ބަޔަކަށް ނޭނގޭނެއެވެ.

އެގޮތުން ދާދިފަހަކުން އިންޓަވިއުއެއްގައި އާމިރު ވަނީ އޭނައަށް އެންމެ ފުރަތަމަ ލިބުނު މުސާރައިގެ އަދަދު ހާމަކޮށްފައެވެ. އާމިރު ބުނީ، އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމް "ގަޔާމަތް ސޭ ގަޔާމަތް" ކުޅެގެން މުސާރައެއްގެ ގޮތުގައި ލިބުނީ 11000 ރުޕީސްކަމަށެވެ. އަދި އެ ފިލްމް އުފައްދަން އަހަރެއްހައި ދުވަސްނެގިއިރު، މުސާރަ ލިބުނީ ކޮންމެ މަހަކަށް 1000 ރުޕީސް ބަހާލައިގެން ކަމަށް އާމިރު ބުންޏެވެ.

އާމިރު ޙާން ދެން އެންމެ އަވަހަށް ފެނިގެންދާނީ، ހޮލީވުޑްގެ މަޝްހޫރު ފިލްމް "ފޮރެސްޓް ގަމްޕް"ގެ މައްޗަށް އުފައްދާ ހިންދީ ފިލްމް "ލާލް ސިންހް ޗައްދާ" އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ