ކޮވިޑް-19 ގައި ވެންޓިލޭޓަރގައި ފަރުވާ ހޯދަމުންދިޔަ އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެ އެވެ.
އުމުރުން 84 އަހަރުގައި ޕްރަނާބް މުކަރުޖީ އަށް ފަރުވާ ދެމުންގެންދިޔައީ އިނޑިއާގެ ދިއްލީގައި ހުންނަ އާރމީ ހޮސްޕިޓަލުގައެވެ.
ޕްރަނާބް އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ މިހާރުގެ ރައީސް ރާމް ނާތް ކޯވިންދު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އަދި ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވެސް ވަނީ އިންޑިޔާގެ ރައްޔިތުންނަށާއި ޕްރަނާބް ގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ޕްރަނާބް އަވަހާރަވިއިރު ވަނީ މި މަހުގެ ކުރީކޮށް ސިކުނޑީގެ ސާރޖަރީއެއްވެސް ކޮށްފައެވެ.
ޕްރަނާބް މުކަރްޖީ އިންޑިއާގެ ރައީސްކަން ކޮށްފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށެވެ.



