ނިއުޒިލެންޑުން ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅުތައް ސެޕްޓެމްބަރުގެ ނިޔަލަށް ދަމަހައްޓަން ނިއްމައިފި

ނިއުޒިލެންޑުން ކޮވިޑް-19 ކޮންޓްރޯލުކުރަން އެޅި ފިޔަވަޅުތައް ސެޕްޓެމްބަރުގެ ނިޔަލަށް ދަމަހައްޓަން ނިއްމައިފައިވާކަމަށް ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ނިއުޒިލެންޑުން ނުފެންނަތާ 102 ދުވަހަށްފަހު އެގައުމުން ހަތަރު މީހަކު އެބައްޔަށް ވަނީ އެންމެ ފުރަތަމަ ޕޮޒިޓިވްވެފައެވެ.

އެގޮތުން ބަލި ނުފެންނަތާ 102 ދުވަސްފަހުން ފުރަތަމަ އެ ބަލި އަނެއްކާޥެސް އެގައުމުން ފެނިފައިވާއިރު، މި ކޭސްތައް ފެނިފައިވަނީ އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ އައުކްލޭންޑުންނެވެ.

ބޮޑުވަޒީރު ޖަސިންދާ ވިދާޅުވީ، ފިޔަވަޅުތައް ދަމަހައްޓަން ނިއްމާފައިވާއިރު، އައުކްލޭންޑު ސިޓީގެ އެލާޓް ލެވެލް 2.5 ގައި އަދިވެސް ދެމިހުންނާނެކަމަށެވެ. އެގޮތުން ދިހަ މީހުންނަށްވުރެ ގިނައިން ތަންތަނަށް އެއްވުމަކީ މި އެލާޓްލެވެލްގައި މަނާ ކަމެކެވެ.

ނިއުޒިލެންޑް ފާހަގަ ކޮށްލެވިގެންދަނީ ކާމިޔާބު ކަމާއެކު ކޮވިޑް-19 މުޖުތަމައުގައި ފެތުރުން ކޮންޓުރޯލްކުރި ފުރަތަމަ ގައުމުގެ ގޮތުގައެވެ.

ނިއުޒިލެންޑުން މިހާތަނަށް ކޮވިޑް-19 އަށް ޖުމްލަ ޕޮޒިޓިވްވެފައިވަނީ، 1,764 މީހުންނެވެ. އަދި މި ބަލީގައި މަރުވެފައިވަނީ22 މީހުންނެވެ. އަދި އެ ގައުމުން އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ