ކިލާ ވޭލް ތަކެއް ސްޕެއިން އާއި ޕޯޗުގަލްގެ އައްސޭރިފަށުން ދަތުރުކުރާ ބޯޓުތަކަށް ހަމަލާދީ ގެއްލުން ދެމުންދާތީ، މި ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ކަމާބެހޭ ފަރާތްތަށް ހައިރާން ކޮށްލައިފިއެވެ.
ކިލާ ވޭލް އަކީ ވަރަށް ވިސްނުން ތޫނު އަދި ބޯޓުތަށް ފަހަތުން ދާ އެއްޗެއް ކަމަށް ވިޔަސް، ތަކުރާރުކޮށް ބޯޓުތަކަށް ގެއްލުން ދިނުމަކީ އާންމުކޮށް ކުރާ ކަމެއް ނޫނެވެ.
ފާއިތުވެ ދިޔަ 2 މަހުގެ ތެރޭގައި ކިލާ ވޭލްތައް ވަނީ އެތައް ބޯޓުތަކަކަށް ގެއްލުންދީ ދިން ހަމަލާތަކުގައި އެއް ބޯޓުގެ ފަޅުވެރިޔަކަށް ޒަހަމްތަކެއް ކޮށްފައެވެ.
އެންމެ ފަހުން ދިން ހަމަލާ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ހަމަލާގައި ގެއްލުން ދީފައި ވަނީ ސްޕެއިންގެ އުތުރުގެ އައްސޭރިފަށުން ދިޔަ 36 ފޫޓުގެ ބޯޓަކަށެވެ. އަދި މި ހަމަލާގައި ބޯޓަށް 15 ފަހަރަކު ވަނީ ގެއްލުން ދީފައެވެ.
މިފަދަ ހަމަލާއެއް އޮގަސްޓް 30 ވަނަ ދުވަހު ވެސް ވަނީ ދީފައެވެ. ކިލާ ވޭލްތައް ބި ބޯޓަށް ހަމަލާ ދިނުމާއި އެކު ބޯޓުން ކޯސްޓްގާޑަށް ގުޅައި މިކަން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ހަމަ އެދުވަހު ސްޕެއިން ގެ ޔޮޓަކަށް ވެސް ވަނީ ހަމަލާ ދީ ބޯޓަށް ގެއްލުން ދީފައެވެ.
އަދި ޖުލައި މަހުގެ 29 ވަނަ ދުވަހު ބޯޓެއްގެ ވަށައި 9 ކިލާ ވޭލް ވަނީ ހަރަކާތްތެރި ވެފައެވެ. އަދި ބޯޓުގެ ވަށައިގެން ގަޑިއިރެއް ވަންދެން ވަނީ ހަރަކާތްތެރި ވެފައެވެ.
ކިލާ ވޭލްތަކުގެ މި ހަމަލާތަކުގެ ސަބަބުން މިކަމާއި ކަންބޮނޑުވެ މިއީ ވަރަށް ނުކުރާ ކަމެއް ކަމުގައި ސައިންޓިސްޓުން ވަނީ ބުނެފައެވެ. މި ސަރަހައްދުން ދަތުރުކުރާ ބޯތުތަކުން ކިލާ ވޭލް ތަކާއި ދުރުން ދަތުރުކުރުމަށް ސްޕެއިންގެ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.




