ކުރީ ސަރުކާރުގައި ޤާނޫނާ ޚިލާފަށް 100 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑް ކުރި- އަލީ ނިޔާޒް

ރައީސް ޔާމީން ދައުރުގައި ޤާނޫނާ ޚިލާފަށް 100 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑް ކުރިކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ހުޅުމާލެ ދާއިރަގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން ސަސްޕެންޑް ކުރި އުސޫލު ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން އަލީ ނިޔުާޒް ވިދާޅުވީ އިންތިޚާބީ މަޤާމުތަކުގާ ތިބޭ ފަރާތްތަކާ މެދު ފިޔަވަޅުއެޅޭނީ ޤާނޫނެއްގައި ލިޔެ އެޤާނޫނެއްގައި ފިޔަވަޅު އެޅުމަށް އޮތް މިންވަރަށް ކަމަށާއި ރައީސް ޔާމީން ދައުރުގައި ޤާނޫނާ ޚިލާފަށް 100 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑް ކުރިކަމަށެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭއިން 2016 ވަނަ އަހަރު އެކުލަވާލައި، އަމަލުކުރަން ފެށި ކައުންސިލްތަކުން ގާނޫނާ ޚިލާފަށް ކުރާ ކަންކަމާއި، އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ދަށުން ގިނަ ކައުންސިލަރުންތަކެއް 2018 ވަނަ އަހަރު ސަސްޕެންޑްކޮށްފައިވާއިރު އެ އުސޫލަކީ ގާނޫނާ ޚިލާފް އުސޫލެއް ކަމަށް ކަނޑައަޅައި، އެ އުސޫލު ހައި ކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފައެވެ.

އެެ އުސޫލު ބާތިލްކޮށްްފައިވަނީ އެ އުސޫލަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވާ އުސޫލަކަށް ނުވާތީކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ