ދުވާލަކު އެއް ބޭގް އަށްވުރެ ގިނައިން ލިކުރިޝް ކެއި މީހަކު އެމެރިކާގައި މިފަހުން މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނެފިއެވެ.
އުމުރުން 54 އަހަރުގެ މިމީހާ ދުވާލެއްގެ މައްޗަށް އެއް ކޮތަޅަށްވުރެ ގިނަ އަދަދަކަށް ލިކުރިޝް ކައިފައިވާ ކަމަށާއި މިއީ މިމީހާއަށް ހިތްހުއްޓުން ދިމާވެ މަރުވި ސަބަބު ކަމަށް ބެލެވޭ ކަމަށް އޭނާ ބެލި ޑޮކްޓަރުންގެ ޓީމުން ބުނެފައި ވެއެވެ.
ލުއިކާނާގެ ބާވަތްތައް ފޯރުކޮށްދޭ ރެސްޓޯރެންޓެއްގައި ހުއްޓާ ހިތް ހުއްޓި މަރުވި މިމީހާގެ ކިބައިން މީގެ ކުރިން ހިތުގެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށާއި މިމީހާ މަރުވުމުގެ ސަބަބަކަށް ލިކުރިޝްގައި ހިމެނޭ ލިސައިރިޒިގް އެސިޑްގެ ދައުރު ބޮޑުކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ބުނެފައި ވެއެވެ.
މާގިނަ އަދަދަކަށް ލިކުރިޝް ކައިގެން މަރުވި މިމީހާ ބެއްލެވި ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ލިސައިރިޒިގް އެސިޑްގެ ސަބަބުން ލޭމައްޗަށް ދިއުމާ، ރޭނަލް ފެއިލިއާރ އާއި އަދި ލޭގައި ހުއްނަ ޕޮޓޭޝިއަމްގެ ލެވަލް ދައްކޮށްލާ ކަމަށެވެ.
ލިކުރިޝް އެސިޑް ހިމެނޭ އެކިކަހަލަ ކެންޑީތައް ކެއުން އެހާ ގިނަ ނުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.




