ގައްދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގައްދޫ ގޮފި ހުޅުވައިދެއްވައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގައްދޫ ގޮފި ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ހަވީރު އެ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގައްދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވިއިރު، ފ.ނިލަންދުއާއި، ފުވައްމުލައް، އައްޑޫ މަރަދުއާއި، ހއ.ދިއްދުއާއި، ރ.އަލިފުއްޓާއި، އދ.މާމިނގިއްޔާއި، މ.މުލަކުގެ އިތުރުން ލާމަށާއި، ގއ.ވިލިނގިލި އަދި ބ.ހިތާދޫގައިވެސް އެ މަރުކަޒުގެ ގޮތިތަށް ޤާއިމުކޮށްފައި ހުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ