އެންމެ ފުރަތަމަ އެޗްއައިވީއިން ރަންގަޅުވި ޓިމޮތީ ރޭ ބްރައުން

އެންމެ ފުރަތަމަ އެޗްއައިވީ އިން ރަންގަޅުވިމީހާ ކެންސަރުބަލީގައި މަރުވެއްޖެ

އެންމެ ފުރަތަމަ އެޗްއައިވީއިން ރަންގަޅުވިމީހާ ޓިމޮތީ ރޭ ބްރައުން ކެންސަރުބަލީގައި މަރުވެއްޖެއެވެ.

ބާރލިން ޕޭޝަންޓްގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 54 އަހަރުގެ ޓީމޮތީ އަށް އެޗްއައިވީ ޖެހިފައިވާކަން އެނގުނީ 1995 ވަނަ އަހަރުގެ ތެރޭގަހައެވެ. އަހަރުތަކެއްވަންދެން ފަރުވާ ދިނުމަށްފަހު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިގެން ޓީމޮތީ އެޗްއައިވީ އިން ރަނގަޅުވެފައިވަނީ 2008 ވަނަ އަހަރުއެވެ. ޓިމޮތީ މި ބަލިން ރަނގަޅުވުމަކީ އެޗްއައިވީ ޖެހިފައިވާ ގާތްގަނޑަކަށް 38 މިލިއަން މީހުންގެ އުންމީދު އާވެގެން ދިޔަ ކަމެކެވެ.

2007 ވަނަ އަހަރު ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުންވެގެންދިޔައީ އަނެއްކާވެސް ޓިމޮތީއަށް ލިބިގެންދިޔައީ ހިއްދަތި ހަބަރެކަށެވެ. ނަމަވެސް ސްޓެމްސެލް ޓްރާންސްޕްލާންޓް ހަދައި އެބަލިންވެސް ޓިމޮތީ ވަނީ ރަނގަޅުވެފައެވެ.

އެއަށްފަހު އަނެއްކާވެސް ލޭގެ ކެންސަރގެ ޝިކާރައަކަށްވެ އެބައްޔަށް ފަރުވާ ހޯދުމުގައި ވޭތުވެދިޔަ ފަސް ވަރަކަށް މަސް ޓިމޮތީ ހޭދަކުރުމަށްފަހު މަރުވެގެންދިޔައީ ކެންސަރު ބަލީގައެވެ.

އެޗްއައިވީއަށް ފަރުވާކުރެވިދާނެކަމުގެ އުންމީދު މުޅި ދުނިޔެއަށް ޓިމޮތީ ދީފައިވާކަމަށް އިންޓަރނޭޝަނަލް އެއިޑްސް ސޮސައިޓީންވަނީ ބުނެފައެވެ. އެޗްއައިވީން ޓިމޮތީ ރަނގަޅުވިތާ 10 ވަރަކަށް އަހަރު ފަހުން އިނގިރޭސި ވިލާތުގެ ޕޭޝަންޓަކު ވެސް ވަނީ އެޗްއައިވީން ރަނގަޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ