ނުގޮވާގޮތް ހަދަން އުޅުމުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ބޮމެއް ގޮވައިފި

ނުގޮވާގޮތް ހަދަން އުޅުމުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ބޮމެއް ޕޮލެންޑުގައި ގޮވައިފިއެވެ.

ޕޮލެންޑުގެ ނޭވީގެ ތަރުޖަމާނެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގޮވައިފައިވާ ބޮމަކީ ދެވަނަ ބޮޑުހަނގުރާމައިގައި ބޭނުންކުރި ބޮންތަކުގެ ތެރެއިން ޕޮލެންޑުން މިހާތަނަށް ފެނުނު އެންމެ ބޮޑު ބޮން ކަމަށެވެ.

"އާރތްކުއޭކް" ނުވަތަ ބިން ހެލުމުގެ ނަމުން ނަންދީފައިވާ މިބޮން ޕޮލެންޑުގެ ބަލްޓިކް ސީ ޝިޕިން ކެނަލް ކައިރިއަށް ވައްޓައިލައިފައިވަނީ ޖަރުމަނުގެ ކުރޫޒާއަކަށް އަމާޒުކޮށް 1945 ވަނަ އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރު.އޭ.އެފް) އިންނެވެ. މި ބޮމުގެ ދިގުމިނުގައި 19 ފޫޓު ހުއްނައިރު ބަރުދަނުގައި 5.4 ޓަނު ހުރެއެވެ.

މިބޮން ނުގޮވާގޮތް ހެދުމަށް މަސައްކަތް ފަށައިފައިވަނީ ބޮން އޮތް ބަލްޓިކް ސީ ޝިޕިން ކެނަލް ކައިރީގައި ދިރިއުޅޭ 750 އާމުން އެސަރަހައްދުން ދުރު އެހެން ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ބޮން ނުގޮވާގޮތް ހެދުމަށް ޕޮލެންޑުގެ ނޭވީން ބޭނުން ކޮށްފައިވަނީ ރިމޯޓް ކޮންޓުރޯލް އާލާތެކެވެ.

ބޮން މޫދުގެ އަޑީގައި އޮވެ ގޮވިނަމަވެސް ބޮން ނުގޮވާގޮތް ހެދުމުގެ މަސައްކަތުގައި އުޅުނު އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މިސަރަހައްދަކީ ޖަރުމަނުގެ ބަޔެކެވެ.

މިލިޔުން ކިޔާލުމުން
335343
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ