ބޯޑަރު ހުރަސްކުރި ޗައިނާގެ ސިފައިންގެ މީހަކު އިންޑިއާއިން އެގައުމާއި ހަވާލުކޮށްފި

އިންޑިއާގެ ބޯޑަރު ހުރަސްކުރި ޗައިނާގެ ސިފައިންގެ މީހަކު އިންޑިއާ ސަރުކާރުން ޗައިނާއާއި ހަވާލުކޮށްފިއެވެ.

އިންޑިއާ ސިފައިންގެ އޮފިޝަލަކާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ މި ޗައިނާ ސިފައިންގެ މީހާ އިންޑިއާގެ ބޯޑަރު ހުރަސްކޮށްފައިވަނީ ހިމާލިއާ ސަރަހައްދުން ކަމަށެވެ.

އިންޑިއާ ސިފައިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ޗައިނާގެ މި ސިފައިންގެ މީހާ ފެނިފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އަދި ސިފައިންގެ މީހާ ފެނުނުއިރު އެމީހާގެ ސިއްހީ ހާލަތު ދެރަކަމުން ސިއްހީ އެހީތެރިކަމާއި އޮކްސިޖަން ދީފައިވާކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

މިފަހަކަށް އައިސް ބޯޑަރުގެ މައްސަލައިގައި ޗައިނާއާއި އިންޑިއާގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. މިގޮތުން ދެގައުމުގުޅޭ ބޯޑަރު ސަރަހައްދުގައި ޖޫންމަހު ހިނގި ކުރިމަތި ލުމެއްގައި އިންޑިއާގެ20 ސިފައިންވަނީ މަރުވެފައެވެ. ޗައިނާގެ ސިފައިންނަށް ލިބުނު ގެއްލުންތައް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ބޯޑަރު ހުރަސްކުރާ ފަރާތްތައް މި ދެގައުމުން ބަދަލުކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މިދިޔަމަހު ޗައިނާއިންވަނީ އިންޑިއާގެ ފަސްރައްޔިތަކުވެސް މިގޮތައް އިންޑިއާ އާއި ހަވާލުކޮށްފައެވެ. މި ފަސް މީހުންނަކީ އެއްގަމު ޝިކާރަކުރުމަށް ނިކުމެ އުޅެނިކޮށް ނޭންގުމެއްގެ ތެރެއިން ޗައިނާ ސަރަހައްދަށް ދެވުނު ބަޔެއް ކަމަށް އިންޑިއާއިން ފަހުންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ