މަޝްހޫރު ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް"ގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާ ޝޯން ކޮނެރީ އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ.
007 ގެ ރޯލުން ގިނަ އެކްޓަރުންތަކުން ފެނިގެން ގޮސްފައި ވީނަމަވެސް ގިނަބަޔަކު ގަބޫލުކުރާގޮތުގައި އެ ރޯލު އެންމެ ފުރިހަމައަށް ކުޅެފައިވަނީ އެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާ ޝޯން ކޮނެރީ އެވެ.
މަޝްހޫރު އިނގިރޭސި ސީކްރެޓް އެޖެންޓްގެ ރޯލް ޝޯން ކޮނެރީ އަށް ފަހު ދެން ކުޅެންފެށި އެކްޓަރު ރޮޖާ މޯވެސް އުމުރުން 89 އަހަރުގައިވަނީ މަރުވެފައެވެ.
ޝޯން ކޮނެރީ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 1962 ވަނަ އަހަރު ޖޭމްސް ބޮންޑް ފުރަތަމަ ފިލްމު ކަމަށްވާ "ޑރ. ނޯ" އިންނެވެ. އޮސްކާރ އެވޯޑްގެ އިތުރުން ގޯލްޑެން ގްލޯބް ވެސް 3 ފަހަރު ހާސިލްކޮށްފައިވާ ކޮނެރީ މަރުވިއިރު އޭނާގެ 90 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވަނީ މި މަހުގެ ތެރޭގައެވެ.
ޝޯން ކޮނެރީ ކުޅެފައިވާ މަޝްހޫރު އެހެން ފިލްމުތަކުގެ ތެރޭގައި އިންޑިއާނާ ޖޯންސް، ދަ ލާސްޓް ކްރްސޭޑް، ދަ ރޮކް، ނެވާރ ސޭ ނެވާރ އަގެއިން، ގޯލްޑް ފިންގާރ އަދި ދަ ހިލް ފާހަގަކޮށްލެވެއެވެ.



