ނައިޖީރިއާގައި ރަހީނުކުރި އެމެރިކާ މީހާ ސަލާމަތްކޮށްފި

މިދިޔަ ހަފްތާގައި ނައިޖީރިއާގެ އަވަށެއްގައި ރަހީނުކުރި އެމެރިކާގެ ރައްޔިތެއް، އެމެރިކާގެ ސްޕެޝަލް ފޯސް ނޭވީ ސީލްސްއިން ސަލާމަތްކޮށްފިއެވެ.

މިކަން ހާމަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ނައިޖީރިއާގައި ރަހީނުކޮށްފައި ހުރި އެމެރިކާގެ ހޮސްޓެޖެއް ރޭ ވަނީ އެމެރިކާގެ ސިފައިން ސަލާމަތްކޮށްފައިކަމަށެވެ.

މި އޮޕަރޭޝަންގައި އުޅުނު ސިފައިން ކުރި މަސައްކަތް ފާހަގަކޮށް ޓްރަމްޕް ވިދާޅުވީ، އެ ސިފައިންނަށް މުޅި ޤައުމު ސެލިއުޓް ކުރާކަމަށެވެ.

ފިލައިޕް ނޭތަން ވޯލްޓަން، 27 ކިޑްނެޕްކޮށްފައިވަނީ، ނައިޖާގެ ދެކުނު އުތުރގައި އޮންނަ ސަރަހައްދުގައި ހުންނަ އޭނަ ދިރިއުޅޭ ފާމްގައި ހުއްޓައެވެ. އޭނާ ކިޑްނެޕްކޮށްފައިވަނީ، ހަތިޔާރާއެކު ހުރި ހަތް މީހުންނެވެ.

ރަހީނުކުރި މީހުން އެދުނީ، ވޯލްޓަން ބަންދުކޮށްފައި ބަހައްޓައިގެން އޭނަގެ ބައްޕަގެ އަތުން ފައިސާ ހޯދުމަށްކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ވޯލްޓަން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވީ އެމެރިކާގެ މަޝްހޫރު ނޭވީ ސީލް ޓީމް 6 ގެ ސިފައިންނެވެ. އެގޮތުން ވޯލްޓަން ކިޑްނެޕްކުރި މީހުންގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ އެންމެން މި އަޕަރޭޝަނުގައި މަރާލާފައިވާކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ވޯލްޓަން ރަހީނުކޮށްފައިވަނީ، އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ދިރިއުޅޭ ފާމް ހައުސްއިން އޮކްޓޯބަރު 26 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ