ރޮނާލްޑޯގެ ދެ ލަނޑުން ޔުވެންޓަސް ބަލިނުވެ ސަލާމަތް ވެއްޖެ 5 އަހަރު ކުރިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ޔުވެންޓަސް ބަލިނުވެ ސަލާމަތް ވެއްޖެއެވެ. އިޓާލިއަން ސެރީއާގައި ރޭ ރޯމާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.