ރިސޯޓު މުވައްޒަފުގެ މަރާއެކު މަޖިލީހަށް ކުއްލި މައްސަލައެއް!

މިދިޔަ އޮކްޓޯބަރު މަހުގެ 30ގައި، ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން، ދ.ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދަނިކޮށް ނިޔާވި ދ. މާ އެނބޫދޫ، އާދަމް ނަސީރުގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައަޅައިފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. ނަމަވެސް ބަޖެޓް ހުށަހަޅާ ދުވަހު ކުއްލި މައްސަލައެއް ކުރިއަށް ނުގެންދެވޭނެތީ މި މައްސަލަ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން އެ ރިސޯޓުން ނިޔާވި މީހާގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަން އިއްޔެ މީޑިއާއަށް ހާމަކޮށްފައި ވާއިރު ކަނޑިންމަ ރިސޯޓުޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ވެސް ވަނީ ބާތިލްކޮށްފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް އަންނަނީ އެކަމުގައި ރިސޯޓުގެ އިހުމާލެއްވޭތޯ ބަލަމުންނެވެ.

ނަސީރުގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނި ބަލިބޮޑުވުމުގެ ސަބަބުން، ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓަށް އަންގާ، ފަރުވާއަށް މާލެއަށް ދިއުމަށް އެދުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް މެނޭޖްމެންޓު ޓީމުން ދީފައި ނުވާކަމުގެ ތުހުމަތުތަކެއް އާއިލާއިންވަނީ ކޮށްފައެވެ.

ނަމަވެސް މިމައްސަލައިގައި ރިސޯޓުންވަނީ ބަލިމީހާ ބޭސްފަރުވާ އަށް ފޮނުވުން ލަސްކޮށް، އިހުމާލުވި ކަމުގެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް މިހާތަނަށް ޖުމްލަ 60 މީހަކު ޕޮޮޒިޓިވް ވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ