އޮކްޓޯބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީއާއި އިންކަމް ޓެކުހުން!

މީރާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އޮކްޓޫބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ޙިއްސާކުރަނީ ޖީއެސްޓީއާއި އިންކަމް ޓެކުހެވެ.

މީރާއިން އާންމުކޮށްފައިވާ އޮކްޓޫބަރު 2020 ގެ ތަފާސް ހިސާބުތަކުގައި ވާ ގޮތުން އޮކްޓޯބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ އޮކްޓޫބަރު މަހު ލިބުނު އާމްދަނީގެ %63.3 ނުވަތަ 247.42 މިލިއަން ރުފިޔާއެވެ. އޮކްޓޫބަރު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ އާމްދަނީގެ %13.4 ނުވަތަ 52.39 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އޮކްޓޫބަހު ދަޢުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ބީ.ޕީ.ޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ (%5.2)، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ (%4.7)، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ (%2.4)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 42.56 މިލިއަން ރުފިޔާ (%10.9) ހިމެނެއެވެ.

އޮކްޓޫބަރު 2020 ގައި ދަޢުލަތަށް އާމްދަނީގެ ގޮތުގައި 390.57 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ބަލާއިރު 57.9 އިންސައްތައިގެ ދަށްވުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ