ފަރެސްމާތޮޑާ

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށް ކޮންޓްރެކްޓްގައި ސޮއިކުރީ މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.

މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓަރމިނަލް ބިލްޑިން ހެދުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމްކުރުން ހިމެނޭކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވޯ، މި މަޝްރޫއު އަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަހުގެ ތެރޭގައި ކަމަށެވެ.

މިއަދު ޕްލޭނިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި އިތުރު 6 ރަށެއްގެ ބިިން ހިއްކުމާއި، 3 ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ