ކަރަންޓްގައި ޖެހިގެން ގދ. ވާދޫ އިން މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ބަންގްލަދޭޝް މީހެކެވެ.
އެރަށު ކައުންސިލުން އާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" ގައި ރިޕޯޓް ކޮއްފައިވަނީ، އެރަށުގައި ކަރަންޓް ޖެހިގެން ނިޔާވެފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު މީހެއް ކަމަށާއި، އެ މީހާ ނިޔާވެފައި ވަނީ އެ ސައިޓުގައި މާކަރީ ލައިޓެއް އަނބުރަން އުޅުމުގެ ތެރޭގައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު 3:30 ގައެވެ. ނިޔާވެފައި ވަނީ، އުމުރުން 33 އަހަރުގެ މީހެކެވެ.




