އަރުމީނިއާއާއި އަޒަރުބައިޖާނުން އެތަނެއްގެ ކޮންޓްރޯލް ހޯދުމަށް ފާއިތުވެދިޔަ ހަފްތާތަކުގައި ހަނގުރާމަކުރި ނަގޯނޯ ކަރަބާޚް ރީޖަންއަށް ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން ފޮނުވައިފިއެވެ.
ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން އެސަރަހައްދަށް ފޮނުވައިފައިވަނީ އެ ސަރަހައްދުގައި އަރުމީނިއާއާއި އަޒަރުބައިޖާނުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލަން ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ ރަޝިއާއިންނެވެ.
ނަގޯނޯ ކަރަބާޚް ރީޖަންއަކީ ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަނެފައިވާ ގޮތުގައި އަޒަރްބައިޖާންގެ ސަރަހައްދެކެވެ. މިހެންނަމަވެސް،1994 ވަނަ އަހަރުން ފެށިގެން މި ސަރަހައްދުގައި ވެރިކަން ކޮށްފައިވަނީ އަރުމޭނިއާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ.
ރަޝިއާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަނގުރާމަ ހުއްޓާލުމަށް އަރުމީނިއާއާއި އަޒަރުބައިޖާނުން ވި އެއްބަސްވުން މަސްރަހަ ދިރާސާކުރާ ފަރާތްތަކުން ސިފަކުރަނީ އަޒަރުބައިޖާނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަޒަރުބައިޖާންގެ ރައީސް ހައިދަރު އަލިޔޭވް ވަނީ ނަގޯނޯ ކަރަބާޚްގައިވާ އަރުމީނިޔާގެ ލަޝްކަރުރޫޅި އެލަޝްކަރު އަޒަރުބައިޖާންގެ ސިފައިންނަށް އަމާންދިންކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.