ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް - ފޮޓޯ: ރައީސް އޮފީސް

ޑިސެންބަރު މަހު 3000 ފްލެޓްގެ ބިންގާ އެޅޭނެ: ރައީސް

މާލޭގެ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ޑިސެންބަރު މަހު 3000 ފްލެޓްގެ ބިންގާ އެޅިގެންދާނެ ކަމަށް  ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، ރާއްޖެ ޓީވީ އިން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާލުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވީ ވައުދެއް ކަމަށާއި ނަމަވެސް އެ މަސައްކަތް ހީކުރި ސްޕީޑްގައި މިދިޔަ ދެ އަހަރަކު ދުވަހު ނުދާކަމަށެވެ.

އެހެންނަމަވެސް ކުރިއަށް އޮތް އަހަރު އަޅުގަނޑުމެންގެ އެންމެެ މުހިންމު މަސައްކަތަކަށް ވެގެންދާނީ މާލޭގެ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މި އަހަރު ތެރޭގައިވެސް އިރާދަކުރެއްވިއްޔާ މި މަހާއި މިއަންނަ މަހުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ފެށިގެން ދާނެ. އެގޮތުން ގާތްގަނޑަކަށް ދެހާސް، ތިންހާސް ފްލެޓެއްގެ ބިންގާ އެޅިގެންދާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ފާއިތުވެ ދިޔަ ދެ އަހަރު ނުކުރެވި ހުރި މަސައްކަތްތަކަށް ފޯކަސް ކޮށްގެން ކުރިއަށް އޮތް އަހުގައި މަސައްކަތް ފަށައިގަންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނ

    ދޮގުހެދުމަކީ ރައިސަށްހާދަފަސޭހަކަމެކޭދޯ އޮޅުވާލުންވެސް އިންތިހާ އެވަރަށްދޮގު ހަދަނީ ކުރެވޭ އަޅުކަމެއްކަމެކޭ ހިތާތަ ؟ ބޮޑުވަރު ބައިސާކެޑިއަސް ދޮގުަހަދާންއަރާއިންނައިރު ވުޟޫކުރޭބާ ؟ސަވާބުލިބޭނެޔޭހިތ އޮޅުވާލާން ބުހުތާނު ދޮގުހަދާން . އެއްވެސްކަމެއް މިހާތަނައްވެސް ދެކެވުނު ވާހަކައެއްގޮތައް އަމަޅު ކުރުމަށްވެސް މަގުތަނަވަސްނުވި ރައިސެއް ދުނިޔޭގެތަނެއްގައުޅޭގަކަމެއް . ނުދެނަހުރިން ، .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ