މާލޭ ރައްޔިތުނަށް ހެޔޮ އެދޭނަމަ، ގުޅީފަޅު ބަނދަރު ހެދުން ތިލަފުއްޓަށް ބަދަލުކުރޭ: ޑރ.މުއިއްޒު

ކ. ގުޅިފަޅުގައި މި ސަރުކާރުން ހަދަން ނިންމި ބަނދަރުގެ މަސައްކަތް ހުއްޓާލައި އަދި އެ މަޝްރޫއު ކ. ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހެޔޮއެދޭނަމަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތްގޮތަށް ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވައި ގުޅިފަޅަކީ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހަދަން ސަރުކާރަށް އާދޭހާއެކު ގޮވާލައްވާ ކަމަށެވެ.

އަދި ހުޅުމާލޭގެ ފޭސް ދޭއްގެ ބިން މުއްސަނދިންނަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތް ހެއްދެވުމަށްވެސް މުއިއްޒު ގޮވާލާފައިވެއެވެ.

"މާލޭގެ ބޯހިޔާވަހިކަމުގެ އުއްމީދުގައި ކޮޅުފައިން ޖަހައި ދައްކާ ވާހަކަޔާ ކުރާ މިކަހަލަ ކަންކަން ހުއްޓާލައްވާ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ކޮމާޝަލް ހާބަރު ގުޅިފަޅަށް ބަދަލުކުރުމަށް އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ތަނުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ