ރިސޯޓަކުން ފަތުރުވެރިންނަށް މަރުޚަބާ ދަންނަވަނީ

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ބައި ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ބައި ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން އިއްޔެ އާއި ހަމައަށް މިހާތަނަށް 51354 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

އެގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިއާ އިންނެވެ. އެގައުމުން 11240 ފަތުރުވެރިން ޖުލައި 15 ގެ ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިނގިރޭސިވިލާތުން ވަނީ މިހާތަނަށް 4468 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން އެމެރިކާ އިން 3927 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޔޫއޭއީ އިން ވަނީ 3858 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އަވައްޓެރި އިންޑިއާއިން 3418 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިއިރު ޖަރުމަނުން 2592 ފަތުރުވެރިން އަދި ޔުކްރެއިން އިން 1993 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވެއެވެ. ފްރާންސުން 1843 ފަތުރުވެރިން، ސްޕެއިން އިން 1805 ފަތުރުވެރިން އަދި ބްރެޒިލް އިން 1459 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުވެރިން ރާއްޖެ އައިސްފައިވަނީ އެމިރޭޓްސް ފްލައިޓުން ނެވެ. އެގޮތުން އެމިރޭޓްސް އިން 16260 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތް ކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ދަތުރު ކޮށްފައިވާ ޤަތަރު އެއަރވޭސް އިން ނެވެ. ބޯޑަރު ހުޅުވާލިފަހުން ޤަތުރު އެއަރވޭސް އިން ވަނީ ރާއްޖެ އަށް 218 ފަހަރު ދަތުރު ކޮށްފައެވެ.

ނިމިދިޔަ އޮކްޓޫބަރ މަހު ރާއްޖެއަށް 21515 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މި މަހު މިހާތަނަށް 10972 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހު މިހާތަނަށް ރާއްޖޭގެ 123 ރިސޯޓެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު 87 ގެސްޓު ހައުސް އަދި 121 ސަފާރީ ވަނީ އޮޕަރޭޓް ކުރަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ