ދިގުރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން އދ. ދިގުރަށުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މި ހިދުމަތާއެކު އދ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެ އެވެ.

މީގެ އިތުރުންވެސް، ބީއެމްއެލް އިން އަންނަނީ  ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ ޙިދުމަތް ފުޅާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ