މުލީގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުޅުންނަމަ ބިން ހިއްކާނީ އެއާޕޯޓް އެޅޭގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަށް ރައްދު ދެއްވައިފިއެވެ.
އިކްރާމް މިފަދައިން ވިދާޅުވީ، މ. މުލި އާއި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާ އެކަން އިއުލާން ކުރެއްވީ ރައީސް ޔާމީން ކަމަށް ޑރ. މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުލި އަދި ބިލެއްފަހި އެއާޕޯޓް އެއީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވާ އެމަނިކުފާނު އިއުލާން ކުރައްވާފައިވާ އެއާޕޯޓް ތަކެއް ކަމަށެވެ.
"މުލީގައި ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ނިންމެވި. ބިލެއްފަހީގައި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓުއަރިޒަމް ހިމެނޭގޮތައް މެގަ ޕްރޮޖެކްޓްގެ މާސްޓަރ ޕްލޭން ހެއްދެވި." މުއިއްޒު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވައި އިކްރާމް ކުރެއްވި ޓްވީީޓްގައި ވިދާޅުވީ، އެއާޕޯޓެއް އަޅަން ރައީސް ޔާމީންގެ ސަރުކާރުން އުޅުން ނަމަ ބޮޑު ހަރަދުކޮށްފައި މުލި ހިއްކާނީ އެއާޕޯޓެއް އެޅޭ ގޮތަަށް ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުން ހިއްކި ފަސްގަނޑެއް ބޭނުމެއް ނުކުރެވޭ. އެއާޕޯޓެއް އަޅަން ޖެހެނީ އަލުން ހިއްކަން؟ އޮޅުވާ ނުލައްވާ." އިކްރާމް ވިދާޅުވިއެވެ.
Airporteh alhan RYameen sarukaarun ulhun nama bodu haradhu koffaa Muli hikkaanee Airporteh elhey gothah. RYameen sarukaarun hikki fasgadeh beynumen nukurevey. Airporteh alhan jehenee alun hikkan? Olhuvaa nulavvaa. @MMuizzuhttps://t.co/l5ukOZP5uw
— Ikram Hassan MP (@ikramhassan) November 13, 2020



