އިންޑިއާ ސިފައިން ތިބީ ކުރިންވެސް ތިބި ވަރަށް: މާރިޔާ

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ހުރިވަރަށް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވަގުތު ނޫނަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މިންވަރަށްވުރެ އިތުރަށް މި ސަރުކާރުން ރާއްޖެއަށް އިންޑިއާ ސިފައިން ގެނެސްފައި ނުވާނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައިވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިއްބެވެ. އޭރު ތިބީ ކިހާ ސިފައިންނެއް ކަމެއް ހާމަކޮށްފައިނުވިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ކޮޅު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައި ވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅުހައްދަވާފައެވެ.

އެގޮތުން "ދިޔަރެސް" ނޫހުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށްވެސް ވަނީ ހުށައަޅާފައެވެ. ނަމަވެސް އެ އޮފީހުން ނިންމާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މަޢުލޫމާތު ހާމަ ނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ