ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވަޒީރުކަން ލިބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވުމުން ކަމަށް ބުނެ ދެކެވެމުންދާ ފާޑުކިޔުމާއި ދެކޮޅަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ރައްދުދެއްވައިފިއެވެ.
ވަޒީރުކަން ލިބުނީ ވަކި މީހެއްގެ އަންބަކަށް ވެގެންތޯ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވެފައިވަނީ، ވަކި މީހެއްގެ އަންބަކަށް ވެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މިކަމާއި ގުޅިގެން މާރިޔާ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާމެދު ރައްޔިތުންގެ ޝަކުވާ ތަކެއް އޮތް ކަމަކަށް ނުފެންނަ ކަމަށާއި މަޖިލީހުން އެދިވަޑައިގަންނަވާ ކޮންމެ ފަހަރަކު މިނިސްޓަރު ނަހުލާ ވަނީ ފުރިހަމައަށް ޖަވާބުދާރީ ވެފައިކަމަށެވެ.
"ކޮރަޕްޝަން އެލިގޭޝަނ އެއް ނެތް. އެ މީހަކީ ކާކުކަން މުހިންމެއް ނޫން. މުހިންމީ މީހާ ކުރާ މަސައްކަތް." މާރިޔާ ވިދާޅުވިއެވެ.
Transport Ministry hinga gothaa medhu rayyithunge shakwa thakeh oiy kamakah nufeney. Majlis in edhivadaigen komme faharaku @aishath_nahula vany furihama ah jawaab dhaary vefa. Corruption allegation eh neiy. E meehakee kaakukan muhimmeh noon, muhimmee meehaa kuraa massaikaiy!! https://t.co/Sbz0Xozi5F
— Mariya Didi ???? (@MariyaDidi) November 15, 2020
ނަހުލާ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުނެވެ. ޖުމްހުރީ ޕާޓީއަކީ މި ސަރުކާރު ވެރިކަމަަށް ގެނައުމަށް މަސައްކަތް ކުރެއްވި ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިއެކެވެ.



