ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވިތާ މިއަދަށް ބަރާބަރު 2 އަހަރު ފުރުނުއިރު ރާއްޖޭގެ ރައްޔިތުންގެ ސަކުވާ އަބަދުވެސް އެންމެ ބޮޑުވެފައި އޮންނަ ޞިއްޙީ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ހާސިލް ކޮށްފައެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޒަމާނުންސުރެ ވަރަށް ބޮޑަށް އިޙުމާލުވެފައިވާ އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ރަނގަޅު ކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންގެންދަވާ މަސައްކަތެވެ. ރީޖަނަލް ހޮސްޕިޓަލް ތަކާއި އަތޮޅު ހޮސްޕިޓަލް ތަކަށް ގެންނަންފެށި ތަރައްޤީ އާއިއެކު މާލެއަށް ބޭސްފަރުވާ ހޯދަން ކުރަންޖެހޭ ދަތުރުތައް މަދުވެފައިވާކަން ޔަޤީނުންވެސް ވަނީ ފެނިފައެވެ. އެހެން ނަމަވެސް އަދިވެސް ދިވެހިން އެންމެ އެދޭ ވަރަށް އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ވެފައި ނުވެއެވެ.
އަތޮޅު ހޮސްޕިޓަލް ތަކާއި ރީޖިނަލް ހޮސްޕިޓަލްތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ކޮވިޑް-19 އާއިއެކު އިތުރަށް ދިޔައީ ޔަޤީންވަމުންނެވެ. ނަމަވެސް ހިތާމައަކީ ޒަމާނުންސުރެ އަތޮޅު ތެރޭގެ ޞިއްހީ ނިޒާމް ތަރައްޤީ ކުރުމުގައި ސަރުކާރުތަކުން ވެފައިވާ ބޮޑު އިޙްމާލެވެ.
ކޮވިޑް-19 ގެ މިހާލަތުގައި ތޮއްޖެހިފައިވާ މާލެއަށް ބޭސްފަރުވާ އަށް ދިއުމުގެ ބަދަލުގައި މާލެ ކައިރި ބައެއް ރަށްތަކުގެ ރައްޔިތުންވެސް މިހާރު ގެންދަނީ ރީޖިނަލް ހޮސްޕިޓަލްތަކަށް ދަތުރުކޮށް ޙިދުމަށް ހޯދަމުންނެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މިސަރުކާރުން އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފެންނަން އެބަހުއްޓެވެ. އެގޮތުން މިސަރުކާރުން ކޮށްފައިވާ މަސައްކަތަކަށް ބަލައިލާނަމެވެ.
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން މިދިޔަ ދެ އަހަރުގެ ތެރޭގައި 52117 ބަލި މީހުން ހިދުމަތް ހޯދާފައިވާއިރު އަތޮޅުން ބޭރު 13264 މީހުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައެވެ. އަދި ހދ އަތޮޅުގެ 38853 މީހުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައެވެ.
އަލަށް ތަޢާރަފް ކުރެވުނު ޙިދުމަތްތަކުގެ ތެރޭގައި
- ސީޓީ ސްކޭންގެ ހިދުމަތް
- ކޯވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު ލެބޯޓަރީއެއް ޤާއިމުކުރުން
- ދެ އޮޕަރޭޝަން ތިއޭޓަރު
- ޒަމާނީ ފެންވަރުގެ ލޭބަރ ރޫމެއް
- މެމޯގްރަފީގެ ޚިދުމަތް ދޭންފެށުން
- އޮކްސިޖަން ޕްލާންޓް ހައުސް ޢިމާރާތްކުރުން
- ވަރޑްތައް އެއަރ ކޮންޑިޝަންކުރުން
- ސްޕީޗް ތެރަޕީގެ ހިދުމަތް ދޭންފެށުން
- އޮންލައިންކޮށް އޮޕޮއިންޓްމަންޓް ބުކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
ހިނގަމުންދާ އިންފްރާސްޓްރަކްޗަރަލް ތަރައްޤީގެ ތެރޭގައި
- އޮކްސިޖަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް
- 30 އެނދުގެ ވާރޑެއް ޢިމާރާތްކުރުން
- އެމް.އާރު.އައި މެޝިން ގެނެސް އެ ބަހައްޓާނެ ރޫމެއް ތައްޔާރުކުރުން
- އޯޕީޑީ މަރާމާތު ކުރުން
- ލެބޯޓަރީ ބޮޑުކުރުމުގެ މަސައްކަތް
- ސެންޓްރަލް ސްޓެރިލައިޒޭޝަން ސަރވިސް ޑިޕާޓްމަންޓް ޤާއިމުކުރުމަށްޓަކައި ޢިމާރާތައް ގެންނަންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން ތަމްރީން ކުރުން
- ހިސްޓޯޕަތޯލޮޖީގެ ސެޓަޕް ހެދުމުގެ މަސައްކަތް
ރ އުގޫފާރު ރީޖިނަލް ހޮސްޕިޓަލް
އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން މިދިޔަ ދެ އަހަރުގެ ތެރޭގައި 83752 ބަލި މީހުން ހިދުމަތް ހޯދާފައިވާއިރު އަތޮޅުން ބޭރު 30607 މީހުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައެވެ.
އަލަށް ތަޢާރަފް ކުރެވުނު ޙިދުމަތްތަކުގެ ތެރޭގައި
- 6 ޕްރައިވެޓް ރޫމް ޢިމާރާތްކޮށް ހިދުމަތްދޭން ފެށުން
- ޖީން އެކްސްޕަރޓް މެޝިން ބަހައްޓައި އެ ހިދުމަތް ދޭން ފެށުން
- ގިނަ ޓެސްޓްތަކުގެ ހިދުމަތް ދޭންފެށުން
- އެން.އައި.ސީ.ޔޫގެ ހިދުމަތް ދޭންފެށުން
- ފިޒިއޯތެރަޕީގެ ހިދުމަތް ހުރިހާ އިކުއިޕްމަންޓަކާއެކު ދޭންފެށުން
- އީ.އެން.ޓީ ކްލިނިކެއް މުޅިން އައު އިކުއިޕްމަޓްތަކެއް އިންސްޓޯލް ކުރުމަށްފަހު ހުޅުވުން (ޖިޑް އެންޑޮސްކޯޕީ، މައިނަރ އިއާރ ސަރޖަރީ، މައިނަރ އޯރަލް ސަރޖަރީ، ފޮރިން ބޮޑީ ރިމޫވަލް، އޮޓޯ އެންޑޮސްކޯޕީ)
- ޝޯޓްވޭވް ޑައެތާރމީ
- ނިއުރޯ ޑެވެލޮޕްމެންޓަލް ތަރަ، ތެޕިއުޓިކް ޓެޕިން، ޓްރެޑްމިލް ޓެސްޓް، ފޯބެރަކިއަލް ޕުލެޒަޒް އިންޖުރީ، ތެރަޕިއުޓިކް ޓެޕިން، ޕްރީ އެންޑް ޕޯސްޓް ނޭޓަލް އެކްސަސައިޒް ތެރަޕީ
ލ ގަން ރީޖިނަލް ހޮސްޕިޓަލް
ގަން ރީޖިނަލް ހޮސްޕިޓަލުން މިދިޔަ ދެ އަހަރުގެ ތެރޭގައި 86309 ބަލި މީހުން ހިދުމަތް ހޯދާފައިވާއިރު އަތޮޅުން ބޭރު 66216 މީހުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައެވެ. އަދި ލ އަތޮޅުގެ 38853 މީހުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައެވެ.
ހިނގަމުންދާ އިންފްރާސްޓްރަކްޗަރަލް ތަރައްޤީގެ ތެރޭގައި
- ކޯވިޑް19- ގެ ބަލިމީހުނަށް ހާއްސަކޮށް ރީޖަނަލް އައިސީ.ޔޫ އެއް ޤާއިމުކުރުން
- ޕަވަރ ހައުސް ޢިމާރާތްކުރުން
- 450 ކިލޯވޯޓުގެ 2 ޖަނަރޭޓަރާއި އޭގެ ސިންކްރޮނައިޒް ޕެނަލް ބޯޑު ބެހެއްޓުން
- ވަރޑުތަކާއި އޯޕީޑީ އޭރިއާ އެއަރކޮންޑިޝަން ކުރުން
- ސީޓީ އާއި މެމޯގްރަފީއަށް ބޭނުންވާ އިމާރާތް ނިންމުން
ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް
އަލަށް ތަޢާރަފް ކުރެވުނު ޙިދުމަތްތަކުގެ ތެރޭގައި
- ޖީން އެކްސްޕަރޓް މެޝިން ބަހައްޓައި އެ ހިދުމަތް ދޭން ފެށުން
- ފޯޑީ ސްކޭން ހިދުމަތް
- ޑިޖިޓަލް އެކްސްރޭގެ ހިދުމަތް
- ކަށީގެ ބޮޑެތި ސަރޖަރީ ކުރުމުގެ ހިދުމަތް
ހިނގަމުންދާ އިންފްރާސްޓްރަކްޗަރަލް ތަރައްޤީގެ ތެރޭގައި
- ޖީން އެކްސްޕަރޓް މެޝިން ބެހެއްޓުން
- ކަށީގެ އޮޕްރޭޝަންކުރުމަށް ބޭނުންވާ ސާމާނު
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިދިޔަ ދެ އަހަރުގެ ތެރޭގައި 42661 ބަލި މީހުން ހިދުމަތް ހޯދާފައިވެއެވެ.
އަލަށް ތަޢާރަފް ކުރެވުނު ޙިދުމަތްތަކުގެ ތެރޭގައި
- ކާރޑިއޮލޮޖީ ގެ ޚިދުމަތް
- ސްޕީޗް ތެރަޕީ ގެ ޚިދުމަތް
- ސީޓީ ސްކޭންގެ ޚިދުމަތް
- އެމް.އާރ.އައިގެ ޚިދުމަތް
- އިންހައުސް ފާރމަސީގެ ޚިދުމަތް
- ލެބޯރޓޮރީން ކުރެވޭ ޓެސްޓްތައް އިތުރުވުން
ހިނގަމުންދާ އިންފްރާސްޓްރަކްޗަރަލް ތަރައްޤީގެ ތެރޭގައި
- އަލަށް ގެނެވިފައިވާ މެޑިކަލް މެޝިނަރީ (އެމްއާރު އައި އެކްސްރޭ، ސީޓީ ސްކޭން، އީއެންޓީ އިކުއިޕްމެންޓްސް، އެންޑޮސްކޯޕީ، ބްރޮންކޯސްކޯޕީ)
ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާރޝަރީ ފެންވަރުގެ 5 ހޮސްޕިޓަލް ގާއިމް ކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުންވެސް ރަށް ރަށުގެ ސިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތް ރަނގަޅުކުރުމަށްވެސް މިސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.





ހިޔާލު
މިޚަބަރު ލިޔެދިން އަޙުމަދު މުޖުތަބާއަށް ކިހާވަރަކަށް ފައިސާދިންބާ؟