ތިން ރަށެއްގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހޮސްޕިޓަލްގެ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. ކޮންޓެކްޓެކް ފައިނޭންސް އުސޫލުން ތިން ހޮސްޕިޓަލު އަޅަން ނިންމައިފައި ވަނީ ހއ. އިހަވަންދޫއާއި ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގަ އެވެ.
ފިނޭންސް މިނިސްޓްރީން ރޭ ކޮށްފައިވާ އިއުލާންކޮށްފައިވަނީ ހއ. އިހަވަންދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 28 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގައި ކަމަށެވެ.
އެ ތިން ރަށުގައި އި ހޮސްޕިޓަލް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ފިނޭންސުން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދަށް ޔޫއެސް ޑޮލަރު ހުށަހަޅަންޖެހޭނެ ކަމަށެވެ.
އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ.



