ވާރޭވެހޭތޯ ދުޢާކޮށް ސައުދީގައި އިސްތިސްޤާ ނަމާދުކުރަނީ!

ސައުދީ އަރަބިއްޔާއަށް ވާރޭނުވެހި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން، ވާރޭ ވެހޭތޯ ދުއާކޮށް، އިސްތިސްޤާ ނަމާދުކުރުމަށް، ސައުދީ އަރަބިއްޔާގެ ހުރިހާ ރައްޔިތުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގޮވާލައްވައިފިއެވެ.

ސައުދީގެ ރޯޔަލް ކޯޓުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސައުދީގެ ހުރިހާ ރައްޔިތުންވެސް މި އިސްތިސްޤާ ނަމާދުގައި ބައިވެރިވުމަށް ކިންގް ސަލްމާ އެދިފައިވާކަމަށާއި، އިސްތިސްޤާ ނަމާދުކުރުމަށް ސަލްމާން އެދިފައިވަނީ އަންނަ ބުރާސްފަތި ދުވަހުކަމަށެވެ.

އަދި އިސްތިސްޤާ ނަމާދުގެ އިތުރުން ތައުބާވެ، އަފޫކުރެއްވުމުގެ އިތުރުން ފާފަފުއްސެވުމާއި، ތެދުމަގު ދެއްކެވުން އެދި ﷲ އަށް ދުޢާ ދެންނެވުމަށްވެސް ސައުދީ އަރަބިއްޔާގެ ހުރިހާ ރައްޔިތުންގެ ކިބައިން ސަލްމާންވަނީ އެދިވަޑައިގެންފައެވެ.

ވާރޭ ނުހެވި ގިނަދުވަސްވެގެން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް މުޅި ސައުދީ އަރަބިއްޔާގައި އިސްތިސްޤާ ނަމާދުކޮށްފައި ވެއެވެ. އެފަހަރު އިސްތިސްޤާ ނަމާދުކޮށް ނިމުނުތާ މާ ގިނައިރެއް ނުވަނީސް ވާރޭވެހެން ފަށާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ