"ޓޮމް އެންޑް ޖެރީ" އެނބުރި އަންނަނީ!

ކާޓޫން ފިލްމުތަކުގެ ތެރެއިން ހަމަ ޔަގީނުން ވެސް އެންމެ ގިނަ ބަޔެއްގެ ފޭވަރިޓަކީ، އެބައެއްގެ ޗައިލްހޫޑް މުނިފޫހިފިލުވައިދިން އެކުވެރިޔާ "ޓޮމް އެންޑް ޖެރީ"އެވެ. އަދިވެސް އެންމެ ފެވަރިޓް ކާޓޫންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ "ޓޮމް އެންޑް ޖެރީ"ގެ ފިލްމެއް ނުނިކުއްނަތާ އެތައް ދުވަސްތަކެއް ވެފައިވާއިރު، ގިނަ ބަޔަކު ކުރަމުން އައި އިންތިޒާރީއަށް ނިމުން އަންނާކަށް މާކަ ގިނަ ދުވަހެއް ދެން ނެތެވެ.

ގާތްގަނޑަކަށް ތިރީހަކަށް އަހަރުފަހުން، ވާނާ ބްރަދާސްއިން ގެނެސްދޭ ފުރަތަމަ "ޓޮމް އެންޑް ޖެރީ" ފިލްމްގެ ޓްރެއިލާ ވަނީ އިއްޔެ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލައިފައެވެ. އެހެންކަމުން އަދިވެސް އެއްފަހަރު 'ޓޮމް' އާއި 'ޖެރީ'ގެ މަޖާ ކޯޅުންގަނޑު ބަލާލުމުގެ ފުރުސަތު މިވަނީ ފޭނުންނަށް ލިބިފައެވެ.

ވާނާ ބްރޯސް އިން ނެރެފައިވާ ދެ 2 މިނެޓާއި 24 ސިކުންތުގެ މި ޓްރެއިލާއިން ފެނިގެންދަނީ، 'ޓޮމް" އާއި "ޖެރީ" ނިއުޔޯކު ސިޓީގެ ބޮޑު ހޮޓަލަކުން ބައްދަލުވެ ދޭތީގެ ދެމެދުގައި ހިނގާ ކަންތައްތަކެވެ. އެގޮތުން މިފަހަރުގެ ފިލްމްގެ އެންމެ ތަފާތު ކަމަކީ، ލައިވް އެކްޝަން ފިލްމެއް ގޮތަށް ގެނެސްދިނުމުވެ. ނަމަވެސް "ޓޮމް" އާއި "ޖެރީ"ގެ ކެރެކްޓަރ ގެނެސްދޭނީ ހަމަ ޓޫ ޑީ އެނިމޭޓެޑްކޮށެވެ. އަދި ފިލްމްގެ ދެން ދެނިގެންދާ ހުރިހާ މަންޒަރުތަކަކީވެސް ތްރީޑީ ލައިވް އެކްޝަން މަންޒަރުތަކެވެ.

މި ފިލްމްގައި ފެނިގެންދާ ލައިވް އެކްޝަން އަންހެން ކެރެކްޓަރ އިން ފެނިގެންދާނީ ހޮލީވުޑްގެ ބަތަލާ ކްލޯއީ ގްރޭސް މޯރޭޓްޒްއެވެ. އަދި އެކްޓަރު މައިކަލް ޕެނިއާ ވެސް ފިލްމްގެ ކާސްޓުން ފެނިގެންދާނެއެވެ.

ޓްރެއިލާގެ މަންޒަރުތަކަށް ބަލާއިރު، ޓްރެއިލާ ފެށިގެން އަންނަނީ "ޓޮމް" އާއި "ޖެރީ"އަށް ނިއު ޔޯކް ސިޓީއަށް އާދެވޭ ހިސާބުންނެވެ. އަދި ފިލްމްގެ ޓްރެއިލާއިން ދެން ފެނިގެންދާގޮތުގައި، ކްލޯއީގެ ކެރެކްޓަރ ކޭލާއާއި މި ދޭތި ބައްދަލުވާތަނެވެ. އެގޮތުން ކޭލާ އަކީ ނިއު ޔޯކްގެ ބޮޑު ހޮޓަލެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަދި މި ހޮޓެލްގައި ބޮޑު ވެޑިންއެއް ހޯސްޓްކުރަން އުޅޭއިރު، "ޖެރީ ދިރިއުޅެމުން އަންނަނީ އެ ހޮޓަލުގައެވެ. އަދި މަސައްކަތަކަށް ވަނީ ހޮޓެލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރަށް ބޮޑު ވެޑިއެއް ބޭއްވުމުގެ ކުރިން "ޖެރީ" އެ ހޮޓެލް އިން ބޭރުކުރުމެވެ. އޭނަ މިކަމަށް ހައްލު ހޯދަނީ "ޓޮމް" އެ މަސައްކަތައް ނަގާ ޖެރީ އެ ހޮޓެލް އިން ބޭރުކުރުމަށެވެ.

"ޓޮމް އެންޑް ޖެރީ"ގެ އާ ފިލްމް ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުއެވެ. ނަމަވެސް 2021 ގައި ފިލްމް ރިލީޒްކުރާނެ ވަކި ތާރީޙެއް އަދި ވާނާ ބްރަދާސް އިން އިއުލާންކޮށްފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ