އިއްޔެކުރި ވިއްސާރައިގައި ނޮޅިވަރަމްގައި ފެންބޮޑުވެފައި

ބޯވާރެއާއެކު ނޮޅިވަރަމުގައި ފެންބޮޑުވެ، މުދަލަށް ގެއްލުން!

މިއަދު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ނޮޅިވަރަމުގެ ގިނަ ބައެއްގެ މުދަލަށް ގެއްލުންވެއްޖެއެވެ. އެގޮތުން ބައެއްގޭގެ ނިދާކޮޓަރިއާ ހިސާބަށް ފެންވަދެ އެނދު، އަލަމާރި ފަދަ އަގުބޮޑެތި މުދަލަށް ވަނީ ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ބައެއް ގެތަކުގައި ފޫޓަކަށް ފެން ހެދިފައިވެއެވެ.

ނޮޅިވަރަމު ގެއެއްގެ ނިދާކޮޓަރި... ފޮޓޯ: ފެށުން

މިއަދު މެންދުރުންސުރެ ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ، ބައެއް ގެތަކުން ކަރަންޓު ކަރަންޓު ކެނޑިފައިވެސް ވެއެވެ. އަދި ދިރިއުޅެން ދަތިވެ އެހެން ގޭގެއަށް މީހުން ބަދަލު ވެފައިވެއެވެ.

ފެން ބޮޑުވެފައިވާ މަގެއް... (ނޮޅިވަރަމު).... ފޮޓޯ: ފެށުން

ބިންތިރި ގިނަ ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާއިރު، އެންމެ ބޮޑަށް ފެން ހެދިފައިވާ ސަރައްހައްދުތަކުގައި އަދިވެސް ގާތްގަނޑަކަށް ދެ ފޫޓަށް ފެންގަނޑު އެބަ އޮތެވެ.މީގެ އިތުރުން ރަށުގެ ކުޅިން މޫދަށް މިހާރު ވަނީ ކޯރެއް ކަނޑައިފައެވެ. މިއީ ރަށުގައި ފެންބޮޑުވާ ހިނދު ފެން ތިލަކުރުމަށް ކޮށްއުޅޭ ކަމެކެވެ.

ކުޅުން މޫދަށް ކޯރު ކަނޑަނީ.. ފޮޓޯ: މީސްމީޑިއާ

މި ވިއްސާރަ އިތުރު ހަތަރު ދުވަހަށް ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ. ނޮޅިވަރަމަށް މިހާރު ވެސް ވަނީ ވިލާ ބޯމަތިކޮށްފައެވެ. ދޭތެރެއަކުން މޫސުން ރަނގަޅު ވިޔަސް، ގިނަ ވަގުތު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.

މިފަދަ ކޮންމެ ހާލަތެއްގައި، ރައްޔިތުންގެ އިޖުތިމާއީ ޒިންމާ ދައްކަމުން އަންނަކަމީ ނޮޅިވަރަމުން ފެންނަ އުފާވެރި މަންޒަރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ