ޕަބްލިކް ސާރވިސް މީޑިއާއިން މި ނިމުނު ރަމަޟާންމަހަށް ޚާއްސަކޮށް، ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ކުރިއަށް ގެންދިއަ "960" ޕޮރޮގުރާމު، ސީ.އެޗް.އެސް.ސީ ގެ ދިވެހި މުދައްރިސް އިލްޔާސް ޝުޖާއު ކާމިޔާބު ކުރައްވައިފިއެވެ. އިލްޔާސް މި ޕޮރޮގުރާމުގެ ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ފ. ނިލަންދޫ އަށް ނިސްބަތްވާ، ޢަބްދުﷲ ޢަހުމަދާ ވާދަ ކޮށެވެ. އިލްޔާސް ޝުޖައުއަކީ، ހދ. ނޮޅިވަރަމަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

އިލްޔާސް ޝުޖާޢުއަކީ، 960 ގެ ފުރަތަމަ ސީޒަން ވެސް ކާމިޔާބުކުރެއްވި ފަރާތެވެ.