ފޮޓޯ: ތިލަދުން

ޓުޓިކޮރިން އިން އައްޑޫއަށާއި ހުވަދުއަތޮޅަށް ދެ ހަފްތާތެރޭ ފެރީގެ ދަތުރުތައް ފަށާނީ

ޓުޓިކޮރިން އިން އައްޑޫއަށާއި ހުވަދުއަތޮޅަށް ދެ ހަފްތާގެ ތެރޭގައި ފެރީގެ ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ހދ.ކުޅުދުއްފުއްޓަށް ފެރީއިން ބޭރުން މުދާ ގެންނަގޮތަށް އައްޑޫ އަށާއި ހުވަދުއަތޮޅަށް ސީދާ ޓުޓިކޮރިން އިން ބޯޓުފަހަރު އާދެވޭ ގޮތައް އެސްޓީއޯގެ ޝިޕިން ކުންފުނިން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ މަސައްކަތް ފަށައިގަންނާނެކަމަށެވެ.

ކުޅުދުއްފުއްޓަށް ސީދާ ކޮޗިން އިން ޑައިރެކްޓްކޮށް މުދާ ގެނޭވެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނަރުގެ މުދާ ގެނެސްފައިވެއެވެ.

3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ މިހާތަނަށް ކުޅުދުއްފުއްޓަށް ބަނދަރުކުރި އެންމެ ބޮޑު ބޯޓެވެ. ކުޅުދުއްފުއްޓަށް ކުރި ފުރަތަމަ ދަތުރުގައި ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރވަނީ ގެނެސްފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ