ނަތަންޔާހޫ ސައުދީއަށް ދަތުރުކުރެއްވި ކަމަށް ބުނާ ޚަބަރުތައް އެގައުމުން ދޮގުކޮށްފި

މިދިޔަ އާދިއްތަ ދުވަހު އިސްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރު ފުޅެއްގައި ސައުދީއަރަބިއްޔާއަށް ދަތުރުކޮށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ބައްދަލު ކުރެއްވިކަމަށް ބުނާ ޚަބަރުތައް ސައުދީއަރަބިއްޔާއިން ދޮގުކޮށްފިއެވެ.

ސައުދީއަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން މިޚަބަރު ދޮގުކޮށް ބުނެފައިވަނީ ނަތަންޔާހޫ އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ދެމެދު މިފަދަ އެއްބަސްވުމެއް ބާއްވައިފައި ނުވާކަމަށެވެ. ނަމަވެސް މި ޚަބަރާއި ގުޅިގެން ނަތަންޔާހޫވަނީ ކޮމެންޓު ކުރުމަށް ދެކޮޅު ހަދާފައެވެ.

ނަތަންޔާހޫ ސައުދީއަރަބިއްޔާއަށް ދިޔަކަމުގެ ޚަބަރުތައް އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ އިސްރޭލުގެ މީޑިއާތަކުންނެވެ. މިގޮތުން މި މީޑިއާތަކުން މި ޚަބަރު ރިޕޯޓުކޮށްފައިވަނީ ސީނިއާ ކެބިނެޓް މިނިސްޓަރަކާއި ހަވާލާދީއެވެ. ނަމަވެސް އެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެމެރިކާގެ ފިއްތުންތަކާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރައިން އަދި ސޫދާނުން ދާދިފަހުން އިސްރާއީލާ ގުޅުންތައް ގާއިމް ކޮށްފައިވަނ ސައޫދީގެ ރުހުމާއި ތާއީދު ލިބިގެންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އޮކްޓޯބަރުމަހު ވިދާޅުވެފައިވެއެވެ. އަދި ސައުދީވެސް ވަރަށް އަވަހަށް އިސްރާއީލާ ސުލްހަވެ ގުޅުންތަށް ގާއިމްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓުރަމްޕް ވިދާޅުވެފައި ވެއެވެ.

މިމައުޟޫގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސައުދީޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވިދާޅުވީ، ސައުދީ އަރަބިއާއިން އިސްރާއީލާ ސުލްހަ ގާއިމުކޮށް އިސްރާއީލާ ގުޅުންތަށް އުފައްދާނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކޮށްދިނުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ