ބޭންކް އޮފް މޯލްޑިވްސް އިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް 5 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.
މިއީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ކޮމްޕިއުޓަރތަކެއް ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ހަދިޔާކުރި މިކޮމްޕިއުޓަރ ސިސްޓަމްތުގެ ސަބަބުން ކިޔަވާ ކުދިންނަށް ފަސޭހަތެކެއް ލިބި އެކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީކުރުމާއި ކަންކަމުގައި ބައިވެރިވުމަށްވެސް އެހީއަކަށް ވެގެންދާނެ ކަމަށެވެ.
"މިކޮމްޕިއުޓަރތައް ހަދިޔާ ކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލު ކުރުމާ ގުޅިގެން ހިޔާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން. އުއްމީދަކީ މި ހަދިޔާކުރެވުނު ކޮމްޕިއުޓަރ ސާމާނުން އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީ އަކަށް ވެގެން ދިޔުން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
We’re pleased to support Villimale’ Kudakudhinge Hiya with 5 computer systems to help their students continue learning online.
At a time where students are engaged in virtual education, we hope that this donation further encourages the use of online tools for children at Hiya. pic.twitter.com/0MHSkuvenF
— Bank of Maldives (@bankofmaldives) November 27, 2020
މިއަހަރު ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައްވެސް ފޯރުކޮށްދީފައެވެ.
ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާކަމަށްވާތީ ބޭންކުން އަންނަނީ ރާއްޖޭގެ ސްކޫލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.